އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް ޗެކް ރިޕަބްލިކް ރައްޔިތެއް

އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް ޗެކް ރިޕަބްލިކް ރައްޔިތެއް

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއް މިލިއަން ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ހޮވިފައިވަނީ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމުގައިވާ ޑެނިއެލާ ކިލްނަރޯވާއެވެ. އޭނާ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ ބޭފުޅުން ވަނީ އެއަރޕޯޓުގައި ކުރިއަށްދިޔަ ހަރަކާތުގައި ބައިވެރިވެފައެވެ.

އޭނާ ރާއްޖެ އައީ "ރޮބިންސަން ކްލަބް ނޫނު" ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށެވެ. ޑެނިއެލާ ބުނީ މިއީ އޭނާ ރާއްޖެއަށް އައި ތިން ވަނަ ފަހަރު ކަމަށާއި ރާއްޖެއަކީ ހިތްހަމަ ޖައްސާލައި ޗުއްޓީ ހޭދަކޮށްލަން އެންމެ ގަޔާވާ މަންޒިލް ކަމަށެވެ. ކޮވިޑަށް ފަހު އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި އެއް މިލިއަން ވަނަ ޓޫރިސްޓަށް ހޮވުމުން އޭނާ ހުރީ ވަރަށް ބޮޑަށް އުފަލުންނެވެ.

މީގެ 10 އަހަރު ކުރިން ޑެނިއެލާ ފުރަތަމަ ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރީ ކުރެއްދޫ ރިސޯޓުގައެވެ. ދެ ވަނަ ފަހަރު އައިސް ހުރީ އަދާރަން މީދުއްޕަރުގައެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަން ހުރަސްކުރަން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އެއް މިލިއަން ވަނަ ޓޫރިސްޓް ކަނޑައަޅަން ހާއްސަ ހަފުލާއެއް އެއާޕޯޓްގައި އޮވެއެވެ. މިއަދު ބޭއްވި މި އަހަރުގެ ރަސްމިއްޔާތުގައި ޑެނިއެލާއަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް އިން ހާއްސަ ހަދިޔާއެއް ދިނެވެ.

ރާއްޖެއަށް މިހާރު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މަންޒިލަކަށް އިނގިރޭސިވިލާތެވެ. އަދި ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ ރަޝިއާއިންނެވެ.

ރާއްޖެއިން ފަތުރުވެރިކަމަށް މިއަހަރު ކަނޑައަޅާފައިވަނީ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *