އިސްލާމިއްޔަތަށް ލާބިކުރާ ޕާޓީއެއް ގޮތުގައި ޖުމްހޫރީ ޕާޓީން ދެމި ތިބޭނެ ކަމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި ދެމެމްބަރަކު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ޖުމްހޫރީ ޕާޓީން މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުންކަމަށެވެ. ޖުމްހޫރީ ޕާޓީން ދެމި ތިބޭނީ އިސްލާމިއްޔަތަށް ލާބިކުރާ ޕާޓީއެއް ގޮތުގައި ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެޕާޓީން އަމާޒު ހިފާފައިވަނީ ގުޅިގެން އެއް އަމާޒަކަށް ވާސިލް ވުމަށްޓަކައެވެ. އޭނާ ވިދާޅުވީ އެއީ ޓީމެއް ގޮތުގައި މަސައްކަތް ކުރާ ޕާޓީއަކަށް ހަދަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ގިނަ މެމްބަރުންތަކެއް ޖޭޕީ އަށް އިތުރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި ޒުވާނުންގެ އެކުވެރި އިރުޝާދުއްދީން ރަޝީދު އާއި މުވާޒުއްދީން ރަޟީދު މެމްބަރުކަމުގެ ފޯމް ޕާޓީގެ ކައުންސިލް މެމްބަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާއާއި ފޯމް ހަވާލިކުރުން. މިހަފްލާގައި ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވި. pic.twitter.com/gdewjxRpIs
— JP Secretariat (@JPSecretariat) August 10, 2022
މިނިސްޓަރު ވިދާޅުވީ، އެކަމަނާ ސިޔާސީ މަސައްކަތް ފެއްޓެވީ އަނިޔާވެރި ސަރުކާރެއް ބަދަލުކޮށް ރައްޔިތުން އެދޭ ތާއިދުކުރާ ސަރުކާރެއް ގެނެއުމަށް ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖޭޕީން ވަނީ އިއުލާނުކޮށްފައެވެ.
ޖޭޕީ އަށް ރޭ އަލަށް ސޮއިކުރީ މަސްއޮޑި ގުރޫޕުގައި އިސްކޮށް އުޅޭ އިހުސާނުއްދީން ރަޝީދުގެ އިތުރުން މުވާޒުއްދީން ރަޝީދެވެ.
ކޮމެންޓު ފޮނުވާ