ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2020 01:30
0

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ފުރުޞަތު ހުޅުވައިލައްވާފައި މި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ހިމެނިވަޑައިގަންނަވާ 5 މެންބަރުންގެ މަޤާމުގެ މުއްދަތު 2020 ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 12، 13، 14 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 ގެ ނިޔަލަށެވެ. މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް އެއޮފީހުން ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑު ކުރެވޭނެކަމަށް އޮފީހުން ވިދާޅުވެ އެވެ.

5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.