ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ދެ ބޭފުޅަކު ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ދެ ބޭފުޅަކު ކުރައްވައިފި

Author
ހުސެއިން
09 އޮގަސްޓް 2022 07:11
0

ދެ ބޭފުޅަކު މިއަދު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ދެބޭފުޅުންނަކީ ހައި ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި މުހައްމަދު ސަލީމާއި ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީއަކަށް ހުންނެވި ދީބާނާޒް ފަހުމީއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރެއްވި ދީބަނާޒް ފަހުމިއަކީ މީގެކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަންވެސް ކުރައްވާފައިވާ ފޭބުޅެކެވެ. އަދި އޭނާއަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައިވަނީ ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިންނެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްވެސް މެއެވެ.

ހައި ކޯޓުގައި ލީގަލް އޮފިސަރުކަމުގެ މަގާމުގައި 12 އަހަރު މަސައްކަތް ކުރައްވާފައިވާ މުހައްމަދު ސަލީމް ޑިގްރީ ހާސިލް ކުރައްވާފައިވަނީ ކުއްލިއްޔާއިންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ، މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000 ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.