އަލަމްގިރީގެ އާ ވީޑިއޯއެއް، މިފަހަރު ފެންނަނީ ސިފައިންގެ މީހަކާއެކީ

އަލަމްގިރީގެ އާ ވީޑިއޯއެއް، މިފަހަރު ފެންނަނީ ސިފައިންގެ މީހަކާއެކީ

Author
ހުސެއިން
09 އޮގަސްޓް 2022 07:23
0

ރާއްޖޭގެ ގިނަ ފިރިހެނުންތަކަކާއެކީ އެއްޖިންސުން ގުޅުން ހިންގާފައިވާ، ބަންގލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަމަލްގިރީގެ އާ ވީޑިއޯއެއް ލީކުވެއްޖެއެވެ. މިފަހަރު ލީކުވެފައިވާ ވީޑިއޯގައި ފެންނަނީ އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގުމަށް ބޭނުން ކޮށްފައިވާ ކޮޓަރިއެއް ސިފައިންގެ މީހެއްކަމަށް ބެލެވޭ މީހަކު ވަންނަ ތަނެވެ. އެހެންނަމަވެސް އެ މީހާގެ ނަމެއް އަދި ސޯޝަލް މީޑިއާގައި އާންމުވެފައެއް ނުވެއެވެ. އެހެންނަމަވެސް އެއީ ފުވައްމުލަކަށް ނިސްބަތްވާ މީހެއްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްއިން މިހާރުވަނީ ވީޑިއޯއިން ފެންނަ ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައެވެ.

ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތޭރޭގައި ލީކުވަމުންދާ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކުންވަނީ ގިނަ ދިވެހިންނެއް ފެނިގެން ގޮސްފައެވެ.

އަދި ފާއިތިވެދިޔަ ހަފްތާތަކުގެ ތެރޭގައި ދައުލަތުގެ މުވައްސަސާތަކާއި އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ވަނީ ލީކުވަމުންދާ ވީޑިއޯތަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ކަސްޓަމްސްގެ ދެ މީހަކާއި، ހޯމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވަންޓަކާއި ރައްޔިތުން މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފަކު ވެސް ހިމެނެއެވެ. އިއްޔެ ވަނީ މުދިމަކު ވެސް ސަސްޕެންޑް ކޮށްފައެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި، ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުއާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުއެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.

ބަންގލަދޭޝްގެ ރައްޔިތެއްކަމުގައިވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި އެއް ޖިންސުން ގުޅުން ހިންގަނިކޮށް އަލަމްގިރި ރެކޯޑް ކޮށްފައިވާ ވޯޑިއޯތަކުގެ ބޭނުން ކޮށްގެން ގިނަބަޔަލު ބްލެކްމެއިލް ކުރަމުންދާ ކަމުގައީ ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.