އަލަމްގިރި ރާއްޖެ ގެނައީ އާރުސީސީންކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

އަލަމްގިރި ރާއްޖެ ގެނައީ އާރުސީސީންކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

Author
ހުސެއިން
08 އޮގަސްޓް 2022 07:03
0

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުން މިހާރު ހައްޔަރު ކޮށްފައިވާ ބަންގލާދޭޝްގެ އަމަލްގިރި ރާއްޖެ ގެނެސްފައިވަނީ އާރީސީސީންކަމަށް ބުނެ ދައްކަމުންދާ ވާހަކަ އެކުންފުނިން ދޮގު ކޮށްފިއެވެ.

އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްގެ އާއިލީ ކޮންސްޓްރަކްޝަން ކުންފުނި އާރުސީސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ފުލުހުން ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރިލް އަކީ އެކުންފުނިން ރާއްޖެ ގެނެސް އެކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މީހެއް ކަމަށްބުނެ މީސް މީޑިއާގައި މިހާރު ދެކެވެމުންދާ ވާހަކަ ތަކަކީ ކަނޑައެޅިގެ ހަގީގަތާއި ޚިލާފް ދޮގު ވާހަކަތަކެއް ކަމުގައެވެ.

އަދި އެކުންފުނި ބަދުނާމުވާ ގޮތަށް ހަޤީގަތާ ޚިލާފު ދޮގު ވާހަކަ އެކިއެކި ގޮތްގޮތުން ފެތުރުމަކީ ކުންފުނިން ބަލައިގަންނާނޭ ކަމެއް ނޫންކަމަށާއި، އެފަދަ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް އާރުސީސީން ބުނެފައި ވެއެވެ.

ބަންގްލާދޭޝްންގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރި ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކެއް މިހާރުވެސް ދަނީ ލީކު ވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި، ދައުލަތުގެ މުވައްސަސާތަކާއި، ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންނާއި އަދި ދީނީ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

މިގޮތުން ލީކުވެފައިވާ ވީޑިއޯތަކުން ފެންނަކަމަށް ބުނާ ސަރުކާރު މުވައްޒަފުން ވަޒީފާތަކުން ސަސްޕެންޑް ކޮށްފައިވާއިރު، ބައެއް ފަރާތްތައް ހައްޔަރު ކޮށްގެން ފުލުހުންދަނީ އެމީހުންގެ ތަހުގީގުތައްވެސް ކުރިޔަށް ގެންދަމުންނެވެ. އޭގެތެރޭގައި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުއާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުއާއި އަދި ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުރަބޯ
އަޖައިބެއް ނުވާނެތަ އޭނާ މާލެގެނައި ކޮންފަރާތަކުންކަން، ކަމާބެހޭ ފަރާތް ކަމަށްވާ އިމިގްރޭޝަނަށް އެނގޭނެ ނޫންތަ......؟
ޥ ޥ
އަލަމުގުރި ގެނެސްއެކަންތަށްތަށް ކުރުވުމުގާ އުޅޭމީހުނަށް އެއްމެ ބޮޑުއަދަބު ދޭންވާނީ.އަސްލު އެކަންކުރުވުމުގަ ކޮއްމެވެސް ބަޔަކު ފަހަތުގަ ވާ ވަށްތަރު ޖަހަނީސަދޫމުއަށްވީހެން ނުވަނަސް ފަޅާއެރިކަށް ނަސީބެންނު