އަލަމްގިރި ކޭސް: ތަހުގީގް ކުރިއަށް ދަނިކޮށް ރާފިއު ރާއްޖެއިން ފުރައިފި

އަލަމްގިރި ކޭސް: ތަހުގީގް ކުރިއަށް ދަނިކޮށް ރާފިއު ރާއްޖެއިން ފުރައިފި

Author
މުޙައްމަދު ޝަޒައިމް
08 އޮގަސްޓް 2022 02:50
0

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިބްރާހިމް ރާފިއު (ރާއްޕެ) ރާއްޖެ ދޫކޮށް ފުރައިފިއެވެ.

އޭނާގެ މައްސަލަވެސް ފުލުހުން ތަހުގީގް ކުރަމުންދާއިރު، އެވީޑިއޯ އާންމުވީ ރޭގެ ވަގުތެއްގައެވެ. ރާފިއުގެ ވީޑިއޯއެއް ލީކްކޮށްލާފައި ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއަކަށް ހުއްޓައެވެ. އޭނާގެ މައްސަލަ ބަލަމުން އަންނަ ކަން ފުލުހުން އިސްލާމިކް މިނިސްޓްރީ އަށް ވެސް އެންގިއެވެ. އެހެންވެ، އެ މިނިސްޓްރީން ނިންމާފައި ވަނީ އޭނާ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުން ވަކި ކުރާށެވެ.

އަލްމަގިރި އާއިއެކު އެއްޖިއްސުން ގުޅުންހިންގި ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓަމުންދާއިރު، ބައެއް މީހުން ވަނީ ފުލުހުންގެ ބަންދަށްވެސް ގެންގޮސްފައެވެ. އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތައް އާންމުވަމުން ދާއިރު، މީގެ ކުރިންވެސް ރާފިއުގެ ވީޑިއޯއެއް އާންމުވާނެކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.

އަލަމްގިރިއާއެކު 250އަށް ވުރެ ގިނަ މީހުން އެއްޖިންސުން ގުޅުންހިންގާފައިވާކަމަށް ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ހައިޕްރޮފައިލް މީހުންވެސް ހިމެނެއެވެ. އަލަމްގިރި ހައްޔަރުކޮށްފައިވާއރު، އޭނާއެކު އެއްޖިންސުންގުޅުންހިންގި ބައެއް މީހުންވެސް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދައިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި، ފުލުހެއްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.