އަލަމްގިރިއާއެކު ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރުވެސް ގުޅުންހިންގާކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް!

އަލަމްގިރިއާއެކު ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރުވެސް ގުޅުންހިންގާކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް!

Author
މުޙައްމަދު ޖިމީ
08 އޮގަސްޓް 2022 10:15
0

ގިނަބަޔަކާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ޒުވާނާ، އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިޢު (އެމްޑީޕީ ރާއްޕެ) ވެސް އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ޢާންމުވެއްޖެއެވެ. އެ ވީޑިއޯ އާންމުވެފައިވަނީ މިއަދު ހެނދުނެވެ.

އެޗްޑީ ކޮލިޓީގައި އާންމުވެފައިވާ މި ވީޑިއޯގައި އަލަމްގިރިއާއެކު ގުޅުންހިންގަނީ ރާއްޕެކަން ސާފުކަމަށް އެ ވީޑިއޯ ފެނުނު ބައެއް މީހުން ބުނެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރާއްޕެ މިހާރު ވަނީ މަޤާމުން ވަކިކޮށްފައެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރީ އޭނާގެ ވީޑިއޯ އާންމު ވުމުގެ ކުރިންނެވެ. ރާއްޕެއަކީ އެމްޑީޕީގެ ގިނަ ޖަލްސާތަކާއި ހަފްލާތައް ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔަވާ އެކަކެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތައް އާންމުވަމުން ދާއިރު، މީގެ ކުރިންވެސް ރާއްޕެގެ ވީޑިއޯއެއް އާންމުވާނެކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.

އަލަމްގިރިއާއެކު 250އަށް ވުރެ ގިނަ މީހުން އެއްޖިންސުން ގުޅުންހިންގާފައިވާކަމަށް ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ހައިޕްރޮފައިލް މީހުންވެސް ހިމެނެއެވެ. އަލަމްގިރި ހައްޔަރުކޮށްފައިވާއރު، އޭނާއެކު އެއްޖިންސުންގުޅުންހިންގި ބައެއް މީހުންވެސް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދައިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި، ފުލުހެއްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙެޔޮނުވާނެ، ރަންކޮޅުމެންނޭ! ތިޔަ މިސްރާބު ހިފުނީ ޖަހަންނަމަ އާއި ދިމާއަށް! ޢަވަހަށް އަނެއް އަތަށް ރިޔާލާ! ޢަވަހަށް ތައުބާވޭ! ޢަވަހަށް ﷲ ތަޢާލާގެ މަގަށް ރުޖޫޢަވޭ! ދުނިޔެއާއި އާޚިރަތުގެ ސަލާމަތާައި ރައްކާތެރިކަން ހޯދުމަށްޓަކައި! ތިޔަބައި މީހުންނަށް ހެޔޮވިސްނުން ދެއްވާށި!