މާލޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދުގެ މަރުގެ މައްސަލާގައި އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަނުވެ ރަނގަޅު ތަހުގީގެއްކޮށް، މިކަން ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ހ. ޝީރީންވިލާގެ އެޕާޓްމެންޓެއްގެ ތެރޭގައި ކަރާއި އަތާއި ފައި ބުރިކޮށް، މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދު އަށް އުފަން ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް، 23 އެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ މާލޭގައި ޒުވާން އަންހެން ކުއްޖަކު ނުހަނު އަނިޔާވެރިކޮށް މަރާލާފައިވަނީ އެންމެނަށް ސިހުން ލިބޭ މިންވަރަށްކަމަށް ވިދާޅުވެ އެކަން ކުށްވެރިކޮށްފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަނުވާ ރަނގަޅު ތަހުގީގެއްކޮށް މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭންޖެހޭކަމަށެވެ.
Male’ ga zuvaan anhen kujjeh nuhanu aniyaverikoh maraalafavanee enmenah sihun libey minvarah.Mi aniyaveri amalu kuhverikuran.Ithuru meehehge iuthiraf bayanah buranuvaa ragalhu thahqeeq eh koh,mikan kuri meehunah haqq adhab dheynjehey.Allah e marhooma ah suvaruge dhevvaashi.Aameen
— Mohamed Nasheed (@MohamedNasheed) August 7, 2022
ޝިއާއުގެ މަރުގެ މައްސަލާގައި ފުލުހުންވަނީ އަލީ ޝާހިލް ކުށުގެ ވެށިން ހައްޔަރު ކޮށްފައެވެ. އަދި އިއްޔެ ކުރިމިނަލް ކޯޓުންވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. ޝާހިލް ހައްޔަރުކޮށް، ގެންދިޔައީ ވެސް ހެޒްމެތު ސޫޓް ލައްވައިގެންނެވެ. ބެލެވޭ ގޮތުގައި އެއީ އޭނާގެ ގައިގައި ލޭ ހުރުމުން ހެކި ރައްކާތެރި ކުރުމަށެވެ.
ޚަބަރު އޮންލައިންއާއި މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ކިޔައި ދީފައިވާ ގޮތުގައި، ހ. ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާއަކީ އާންމުކޮށް ހަފްތާ ބަންދުގައި ގިނަ ޒުވާނުންތަކެއް އެއްވެ އަޑުބާރުކޮށް ލަވައާއި މިޒުޒިކު ކުޅޭ ތަނެއް ކަމުގައެވެ. އަދި އާންމު ގޮތެއްގައި ކޮންމެ ހަފްތާއަކުވެސް ބުރާސްފަތި ދުވަހުގެރެއަކީ، ގިނަ ޒުވާނުންތަކެއް އެއްވެ، ދަންވަންދެން މި ފަންގިފިލާގައި ބާރަށް ލަވަޖަހާ މިއުޒިކް ކުޅޭ ރެއެއް ކަމުގައެވެ.
ރޭ ހިނގި މިއަނިޔާވެރި މަރުގެ ހާދިސާ ހިންގިކަމަށް ބެލެވެނީ ރޭގެ މެންދަމުގެ ކުރީގެ ވަގުތެއްގައެވެ. މިމައުލޫމާތު ލިބި ފުލުހުން މިހާދިސާ އެ ފަންގިފލާއަށް ގޮސްފައިވަނީ ރޭގެ 11:30 ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްއާއި ޝިއާ ހ. ޝީރީންވިލާގެ 9 ވަނަ ފަންގިފިލާގައި ދިއިރުޅެއްމުން ގޮސްފައިވަނީ އެ ފްލޯއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ.
ފައިތުވެދިޔަ އަހަރުވެސް ގޮތް ނޭގޭގޮތަށް އެ އިމާރާތުގެ 10 ވަނަ ފަންގިފިލާގައި އުޅުނު ބިދޭސީއަކުވެސް ވަނީ މަރުވެފައެވެ. އަދި އެއަށްފަހު އެ ފަންގިފިލާގައި އުޅުނު އެހެން ބިދޭސީއަކު ފެނިފައިވަނީ ދަންޖެހިފައި ހުއްޓައެވެ