ރޭ ހެންވޭރު ޝީރީންވިލާގައި މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދު މަރާލާފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިމައްސަލަ ރިޕޯޓް ލިބިފައިވަނީ ރޭ 23:28 ގައި އާންމު ފަރާތަކުން ކަމަށެވެ. މައުލޫމާތު ލިބުމާއިއެކު ފުލުހުން ވަނީ އެސަރަހައްދަށްގޮސް، އެޕާޓްމަންޓް ބަލައި އެސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.
މިމައްސަލާގައި ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނަތި ގޮތަކަށް ކަމަށް ފުލުނުން ވިދާޅުވިއެވެ. ދީފައިވާ އަނިޔާތައް ކިޔައި ދިނުމަކީ މިވަގުތު އެހާ ރަނގަޅު ގޮތެއްނޫން ކަމަށާއި، އަދި ޢާއިލާއިން އެކަމަށް އެދޭތީ އެއަނިޔާތައް ހާމަނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.
ފުލުނުން ވިދާޅުވީ ހަމަލާދީފައިވާ ހަތިޔާރުތައް ވަނީ އެތަނުން ފުލުހުން ހޯދާފައިކަމަށެވެ. އަދި މިހާރުވެސް ހެކި ގަރީނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ.
އަނިޔާވެރިގޮތަކަށް ރޭގައި މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ އަލީ ޝާހިލްއެވެ. ކޯޓަށް ހާޒިރުކުރުމުން މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވީ ފުލުހުން އެ ގޮތަށް އެދުމުންކަމަށެވެ.
ކޮމެންޓު ފޮނުވާ