ލީކުވަމުންދާ އޯޑިއޯތަކުގައި، އެއްޖިންސުން ގުޅުން ހިންގާކަމަށް ފެންނަ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ މުވައްޒިފަކުވެސް ސަސްޕެންޑް ކޮށްފިއެވެ.
ކަސްޓަމްސްގެ ދެ މުވައްޒިފަކުވެސް އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވާކަން ކަސްޓަމްސްއިންވެސް ވަނި ޔަގީން ކޮށްދީފައެވެ. އެހެންނަމަވެސް މިއީ ކޮން ދެމުވައްޒިފުންނެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައި އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ރެކޯޑްކޮށްފައިވާ ގިނަ ވީޑިއޯތަކެއް ލީކްވަމުންދާއިރު، މި ވީޑިއޯތަކުން ފެންނަކަމަށް ބުނާ، ސަރުކާރު އޮފީސަތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މިހާރު ދަނީ ސަސްޕެންޑް ކުރަމުންނެވެ.
ލޯކުވެފައިވާ ވީޑިއޯތަކުން ފެންނަކަމަށް ބުނާ، ޓީޗަތަކާއި، ހޯމް މިނިސްޓްރިގެ މުވައްޒަފަކުވެސް މިހަފްތާގައިވަނީ ވަނީ ސަސްޕެންޑް ކޮށްފައެވެ.
ކުރިން ލީކްވި ވީޑިއޯތަކުގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް އެ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި މަގާމުތަކާއި ވިޔަފާރިވެރިން ހިމެނޭގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، އެ މައްސަލަތައް ދަނީ ތަހުގީގުކުރަމުންނެވެ.
އަލަމްގިރި 200 އަށް ވުރެ ގިނަ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ