ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއިމެދު ސުވާލު އުފައްދަވާއިރު، ދަރަނި ނުވާބަޖެޓެއް ފޮނުވާފައިވަނީ ކޮން ރައީސެއްތޯ ކުރީގެ މަޖިލީހުގެ ނައިބް ރައީސް މޫސާމަނިކު ވިދާޅުވެ ސުވާލު އުފައްދަވައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެކެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ ބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުުވާނެކަމަށް ލަފާކުރެއެވެ. އަންނަ އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަމަށް ލަފާކުރެވޭއިރު މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.
ބަޖެޓުގައި ދަރަނި ބޮޑުވެ، ބަޖެޓް ފާސްކުރުމަށް ދެކޮޅު ހަދާ ފަރާތްތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ ބަޖެޓަކީ ރައްޔިތުން ބަޑައް ޖައްސައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ އެއްޗެއް ނޫންކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއިއެކު ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރުއޮވެ، ބަޖެޓާއިމެދު ޔަގީންކަން އޮތްނަމަ ބަޖެޓް ފާސްނުކުރަންވީ ސަބަބެއް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.
ބަޖެޓަކީ ރައްޔަތުންގެ އެއްޗެއް ރައްޔިތުން ދަރާއޮތިއްޔާ ދަރަނި ފިލުވަން ޖެހޭއެއްޗެއް، އިތުރަށް ދަރައިގެން ސިޔާސީ މީހުނަށް މުސާރަދީފާ ރައްޔަތުން ބަނޑައްޖައްސާގޮތަށް އޮންނައެއްޗެއްނޫން، ރައީސުލްޖުމްހޫރިއްޔާ އަށް ޔަޤީންކަންއޮތިއްޔާ ބަޖެޓު ފާސްކޮށްދެއްވާ ދަރަނި ނުވާބަޖެޓެއް ފޮނުވީ ކޮންރައީސެއް.
– މޫސަ ވިދާޅުވިއެވެ.
އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ