ގުރޫޕް ހަދައިންގެ ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ހޯމް މިނިސްޓްރީގެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ.
ހޯމް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ލީކުވެފައިވާ ވީޑިއޯއިން ފެންނަކަމަށް ތުހުމަތު ކުރެވޭ އެމިނިސްޓްރީގެ މުވައްޒަފު މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ.
މިއަހަރުގެ ޖޫން މަހުން ފެށިގެން ލީކުވަމުންދާ، ބަންނގްލަދޭޝްގެ އަލަމްގިރި ނަމަކަށް ކިޔާ މީހަކާއެކީ އެއް ޖިންސުން ގުޅުން ހިންގި ކަމަށް އެންމެ ފަހުން ތުހުމަތު ކުރެވިފައިވަނީ މާދުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ކިޔަވައިދޭ ޓީޗަރެކެވެ. އޭނާގެ ވީޑިއޯ ލީކުވުމާއެކު އެޑިއުކޭޝަން މިނިސްޓްރީވަނީ އެ ޓީޗަރު ސަސްޕެންޑް ކޮށްފައެވެ. އެ ޓީޗަރުގެ ނަމާއި އެޑްރެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ކުރިން ލީކްވި ވީޑިއޯތަކުގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް އެ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި މަގާމުތަކާއި ވިޔަފާރިވެރިން ހިމެނޭގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، އެ މައްސަލަތައް ދަނީ ތަހުގީގުކުރަމުންނެވެ.
އަލަމްގިރި 200 އަށް ވުރެ ގިނަ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ