ބްރިޖް އޯކޭ، އެހެން ގައުމެއްގެ ފައި ބުޑަށް ވެއްޓުން އޯކޭ އެއްނޫން: ދުންޔާ

ބްރިޖް އޯކޭ، އެހެން ގައުމެއްގެ ފައި ބުޑަށް ވެއްޓުން އޯކޭ އެއްނޫން: ދުންޔާ

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރުމަށްވެސް އެހެން ޤައުމެއްގެ ފައިބުޑަށް ވެއްޓުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ ބްރިޖު އެޅުމަށްޓަކައި، ސަރުކާރުން ވަރަށް ބޮޑަށް އިންޑިއާއަށް ބަރޯސާވެ، އިންޑިއާގައި މިމަސައްކަތުގެ ބިންގާވެސް އަޅާފައިވާތީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ތިލަމާލެ ބްރިޖް ފުރަތަމަ ތަނބުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންވަނީ ވިދާޅުވެފައެވެ.

ބްރިޖުގެ މަސައްކަތާއި ގުޅިގެން ދުންޔާ ވިދާޅުވީ ބްރިޖުގެ މަސައްކަތަކީ ތާއީދު ކުރެވޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިމަސައްކަތް ކުރަންވާނީ އެއްވެސް ޤައުމެއްގެ ފައިބުޑަށް ނުވެއްޓި އަމިއްލަ މިނިވަންކަމާއި ސިޔާދަތު ނުގެއްލޭ ގޮތަކަށް ކަމުގައި ދުންޔާ ވިދާޅުވިއެވެ.

ބްރިޖް އޯކޭ. އެހެން ގައުމެއްގެ ފައި ބުޑަށް ވެއްޓުން އޯކޭ އެއް ނޫން!

– ދުންޔާ ވިދާޅުވިއެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.

މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބޯވާ އޯކޭ ކުލަބަދަލް ކުރުން އޯކޭ އެކަމަކު އަނގަދިޔާވުން އޯކޭ ނުވާނެ

Leave a Reply

Your email address will not be published. Required fields are marked *