ނަޝީދުގެ ފޯނު ޖަހަގަތް ވާހަކައަކީ ގަރުނުގެ އެންމެބޮޑު ޖޯކު: ރޮޒޭނާ

ނަޝީދުގެ ފޯނު ޖަހަގަތް ވާހަކައަކީ ގަރުނުގެ އެންމެބޮޑު ޖޯކު: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
04 އޮގަސްޓް 2022 08:16
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގަތްކަމަށްބުނެ ދައްކަމުންދާ ވާހަކައަކީ މިގަރުނުގެ އެންމެ ބޮޑު ޖޯކު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ މިހެން ވިދާޅުވީ ޗުއްޓީގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދުގެ ފޯނު ޖަހައިގަތް ކަމަށްބުނެ ދެކެވެމުންދާ ވާހަތަކާއި ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވަނީ އެމަނިކުފާނު ދަރިކަލުންނާއިއެކު އިނގިރޭސި ވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން އިންނަވަނިކޮށް ކަމަށް މަޖިލީހުގެ ނައިބް ރައީސް އީވާ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މަޖިލިސް ނައިބް ރައީސް އީވާ ވަނީ މިކަން މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ އިދާރީ ބޭފުޅުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް އީވާ މަޖިލީސް ގްރޫޕްގައި ވިދާޅުވުމުން މަޖިލީސްގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެމަނިކުފާނު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ރިމޫވް ކޮށްފައެވެ.

އީވާގެ ވާހަތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ފޯނު ޖަހައިގެން ދިޔަކަމަށްބުނެ ދައްކަމުންދާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ޖޯކު ވާހަކައެއް ކަމަށެވެ. މިފަދަ ވާހަކަތައް ދައްކާއިރު ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ވާހަކަތައް ދެއްކުމުން ގަބޫލުކުރަންވެސް ފަސޭހަ ވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ހަތަރު ފޮޓޯއާއެކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިޔުންމީ ގަރުނުގެ އެންމެ ބޮޑު ޖޯކު. ތި ފޮޓޯ ފޮނުވި މީހާގެ ފޯންތައް އަނެއްކާ މިރޭ ކުނޫޒު ކައިރިން ޖަހައިގަތީ؟

– ރޮޒެއިނާ ވިދާޅުވިއެވެ.

ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒޒ
ދިވެހިންއަޑުނާހާވަރުގެބޮޑުޖްކެއްތި ހާހާހާ