ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފި

ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފި

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2022 07:08
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގެންފިއެވެ.

ޗުއްޓީގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވަނީ އެމަނިކުފާނު ދަރިކަލުންނާއިއެކު އިނގިރޭސި ވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން އިންނަވަނިކޮށެވެ. ރައީސް ނަޝީދުގެ އަތުގައި ފޯނު އޮއްވައި ރެސްޓޯރެންޓަކަށް ވަތްމީހަކު ކުއްލިއަކަށް ފޯނު ޖަހައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބިއެވެ.

މިކަމާއި ގުޅިގެން މަޖިލިސް ނައިބް ރައީސް އީވާ ވަނީ މިކަން މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ އިދާރީ ބޭފުޅުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް އީވާ މަޖިލީސް ގްރޫޕްގައި ވިދާޅުވުމުން މަޖިލީސްގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެމަނިކުފާނު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ރިމޫވް ކޮށްފައެވެ.

ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފިލްޒާ އާންޓީ
ހަމަ ސީދާ ސްޓަންޓެއް... ރާއްޖެ އަންނަ ތަނުން ތަހުގީގަށް ފޯނު ދޭން ޖެހިދާނެކަމަށް ބިރުން، މުޅިންވެސް އެހެން މީހުން މީނާގެ ޖާދޫގަ ޖައްސަން. އަންނި ނޫޅެބަލަ މި ގައުމުގެ ކަންކަމާ
ދ ދިވެހި ޒުވާނުން
ނަޝީދު ހެދި ދޮގު ފޮރުވަން ތި ހަދަނި ހާސް ދޮގެވެ.