ރައީސް ޔާމީން އެދުވަހު ދެއްކެވި ވާހަކަ މިއަދު މިއޮތީ ހަގީގަތަށް ވެފަ!

ރައީސް ޔާމީން އެދުވަހު ދެއްކެވި ވާހަކަ މިއަދު މިއޮތީ ހަގީގަތަށް ވެފަ!

ގުޅުންހުރި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނު ދިޔައީ މުސްތަޤުބަލުގައި ޤައުމު އާރާސްތުކޮށް ތަރައްޤީ ކުރުމުގައި ވެރިކަމަށް އަންނަ ފަރާތްތަކުން އަމަލުކުރައްވާނެ ގޮތްތައް ރައްޔިތުންނާއި ހަމަޔަށް ދޫކުރައްވަމުންނެވެ.

ވެރިކަމުގެ އެންމެ ފަހުގެ ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނަށް އެންމެބޮޑަށް ކުރެވުނު ތުހުމަތުކަމާއި، ކިޔަމުންދިޔަ ފާޑުކިޔުންތަކަކީ ބޮޑެތި ލޯނުނަގައިގެން ޤައުމު ތަރައްޤީ ކުރުމާއި، ޤައުމު ދަރުވާލާ ވާހަކައާއި ކޮރަޕްޝަންގެ ވާހަތަކެވެ. މިވާހަތަކަށް އެމަނިކުފާނު ގެންދެވީ އޭރުވެސް ވަރަށް އިލްމީ ގޮތެއްގައި ޖަވާބު ދެއްވަމުންނެވެ. އޭރު އެވާހަތަކާއިމެދު މާބޮޑު ސަމާލުކަމެއް ނުދެވި، އެއީ ހަމަ ދައްކާލާ ވާހަކައެއްކަމަށް ވިޔަސް، މިއަދު އެހަގީގަތް މިދަނީ ޤައުމާއި، ރައްޔިތުންނާއި ކުރިމަތި ލަމުންނެވެ.

އެމަނިކުފާނުގެ އޭރުގެ އެންމެބޮޑު ސުވާލަކަށްވީ ވެރިކަމަށް އައުމަށް ވާކާލާތު ކުރައްވާ ބޭފުޅުން އަދި މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ލޯނު ނުނަގައި ޤައުމު ތަރައްޤީ ކުރާނީ ކިހިނެތްތޯއެވެ؟ ރައީސް ޔާމީން ވަނީ މިސުވާލު ކުރިމަތިކޮށް ޖަވާބުވެސް ދެއްވާފައެވެ. ވެރިކަމަށް އަންނަ މީހުން ލޯނު ނުނަގައި ޤައުމު ތަރައްޤީ ކުރާނަމަ އެކަން ކުރަންޖެހޭނީ ރައީސް ޔާމީނާއި، އަދި އޭގެ ކުރީގެ ވެރިކަން އަޅުއްވާފައިވާ ބިތާތަކާއި، ތަންތަން ވިއްކައި، ރަހުނު ކޮށްގެންކަމަށް އެދުވަހު ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ލޯނު ނަގާވާހަކަ އެދައްކަނީ. އެހެންވީމަ މި ސުވާލުގެ ޖަވާބު އެބަ ހޯދަންޖެހޭ ނޫންތޯ؟ ލޯނު ނުނަގަންޏާ ދެން އޮތީ ކޮންކަމެއްތޯ؟ ލޯނު ނުނަގަންޏާ ދެން އޮތީ އެކަންކަން ކުރަން ފައިސާ ހޯދުން. ކޮން ގޮތަކަށް ފައިސާ ހޯދާނީ؟ ދެން އަނެއްކާވެސް މިއަންނަނީ އެބޭފުޅުންނަށް އުދަނގޫ ވާހަކައެއް. ދެން ފައިސާ ހޯދަންޖެހޭނީ ރައީސް ޔަމީނާއި އޭގެ ކުރީގައި ތިބި ވެރިން ކޮށްފަ ހުރި ހަރުމުދާ ވިއްކައި ގަނެގެން ފައިސާ ހޯދޭނީ. މިވެސް އެމީހުން އަޑުއަހާނެ ވާހަކައެއްނޫން.

– ރައީސް ޔަމީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މިލްކިއްޔާތުގައި ހުރި ފައިސާއަށްވުރެއް އިތުރަށް އެމަނިކުފާނު ގެންދެވީ ޤައުމު އާރާސްތުކޮށް، ތަރައްޤީގެ އަގުހުރި މިލްކިއްޔާތުތައް ބިނާކޮށްފައެވެ. ރައީސް ޔާމީން ވިދާޅުވީ މިލްކިއްޔާތުގައި ހުރި ފައިސާއަށްވުރެ އިތުރަށް އޭރު ތަރައްޤީ ކުރެވުނު ބިނާކުރި ތަންތަނަކީވެސް މުއްސަދި ރައުސުލްމާލު ކަމަށެވެ.

މިހާރު ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާއަށްވުރެ އިތުރަށް ދައުލަތުގައި އެބަހުރި މިލްކިއްޔާތު، ކޮންމެ ރަށެއްގައި އެސެޓް އެބަހުރި. އަދި ރާއްޖޭގައި ހުޅުލޭ އެއާޕޯޓް ކަހަލަ ތަންތަނަށް ބަލައިފި ކަމަށްވަންޏާ މިއީ މުއްސަދި ރައުސުލްމާލު މިހިރީ. އެހެން ވީމާ ދެ އެބޭފުޅުން ލޯނު ނުގައި ފައިސާ ހޯދަންޏާ ދެން ޖެހޭނީ މިހެން ހުރި ތަންތަން ވިއްކަން. އެވާހަަކަ އެބަވިދާޅުވޭ ދެއްތޯ މިހާރު. އެހެން ވެގެން އެބޭފުޅުންނަށް ތަހުލީލުކޮށްފަ އެބޭފުޅުން ފައިސާ ހޯދާނެގޮތް އަޅުގަނޑުމެންނަށް ކިޔައި ދެއްވާށޭ އަޅުގަނޑުމެން މިދަންނަވަނީ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އޭރުއައި ލޮޅުންތަކާއިއެކު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ، ބޭރުގެ އެހީތަކަށާއި، ލޯނުތަކަށް ވަނީ ވަރަށްބޮޑަށް ބަރޯސާވެފައެވެ. އެގޮތުން އަންނަ އަހަރުގެ އާމްދަނީ ހޯދުމަށްވެސް ރައީސް ޔާމީން ތަރައްޤީ ކުރި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމުމާއިއެކު ސަރުކާރު ކޯލިޝަންގެ ބައެއް ބައިވެރިންނާއި، އާންމު ރައްޔިތުންގެ ފަޑުކިޔުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މިސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި، ސަރުކާރުގެ އިސްވެރިން ވަނީ ދަރުމަވަންތަ ހޮސްޕިޓަލަަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ ބޮޑު ކޮރަޕްޝަނެއްކަަމަށް ވިދާޅުވެ އެތަކެއް ފޯރަމެއްގައި ވާހަކަ ދައްކަވާފައިވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ