ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 އޮގަސްޓް 2022 01:28
0

އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހިމެނޭ މެމްބަރުންގެ ދަފްތަރު އާންމުކޮށްފައެވެ. މެމްބަރުންގެ ދަފްތަރާއި ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އީސީއަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އީސީއިން ބުނެފައި ވަނީ އެ ކޮމިޝަންގެ އޮފީހުން ޝަކުވާ ފޯމުތައް ބަލައިގަންނާނެ ކަމަށެވެ. އަދި [email protected] އަށް ޝަކުވާ ފޯމް މެއިލް ވެސް ކުރެވޭ ކަމަށެވެ. އެ މީހަކު ރަޖިސްޓްރީވެފައިވާ ޕާޓީ އީސީގެ ވެބްސައިޓުން ނުވަތަ 1414 އަށް އެސްއެމްއެސްކޮށްގެން ބަލާލެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށްފައި މިވަނީ، މީހުނަށް ނޭނގި "ވަގަށް" ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

މައްސަލަ ހައްލު ކުރުމުގެ ގޮތުން މިފަދަ ކޮންމެ ފޯމަކަށް ޕާޓީއާއި ޕާޓީގެ ރަޖިސްޓްރާ 10،000ރ. އިން ޖޫރިމަނާ ކުރަން އީސީން ވަނީ ނިންމައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.