މިސަރުކާރުގެ ވެރިކަމުގެ ދައުރު ނިމުމާއި ގާތްވާ ވަރަކަށް މިސަރުކާރު ދަމަހައްޓައި، ނެހެެއްޓުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކޮށްދެއްވި ކުރީގެ ޑިފެނެސް މިނިސްޓަރ ކާނަލް ނާޒިމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ޣައްދާރުންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ޚާއްސަކޮށް، މައި ޕާޓީ އެމްޑީޕީގެ އިސްބޭފުޅުންގެ މެދުގައި ކުރަމުންދާ ފާހިޝް ތުހުމަތުތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ރައީސް ޔާމީން ވިދާޅުވީ ނާޒިމް އާއި ޤާސިމް ދިވެހި ޤައުމު ވައްޓާލާފައިވާ ހާލަތުން ދުރަށްޖެހި އެ ދެބޭފުޅުންނާއި ނުބެހޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުނަސް އެ ދެބޭފުޅުން ސަލާމަތް ނުވާނެ ކަމަށެވެ. އަދި އެ ދެބޭފުޅުންނަކީވެސް މަރު ދުވަހާއި ޖެހެންދެންވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އަދާލަތު ޕާޓީގެ އިލްމުވެރިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސަލާމަތް ހޯދާފައިވާ ކަމަށެވެ. އެކަމަކު، އެ އެންމެންނަކީ ވެސް ގައްދާރުން ކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.
Eureka! Alas,Adhalath sheikhs have found deliverance in salih lbu’s govt. Nazim,Qasim:ur meek effort to distance urself from the abyss u have thrown de country into, going to redeem ur selves? Traitors until death do u apart
— Abdulla Yameen (@prz_ymn) July 31, 2022
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އާއިލީ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހް ބަދު އަހުލާގީ އަމަލު ހިންގަވާ މަންޒަރު ހިމެނޭ ހަތަރު ފޮޓޯއެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދު މިފަދަ މެސެޖްތަަކެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މި ފޮނުއްވާފައި މި ވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ނާޒިމް އަބްދުލް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނިކޮށެވެ.
އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮށް ނާޒިމް ހައްޔަރު ކުރުމާއެކު، ނަޝީދު ޓްވީޓެއް ވެސް ކުރެއްވިއެވެ. އަދި ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް ވެސް ނަޝީދު އެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
ނާޒިމް ސައްތާރު މިއަދު ވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހާޒިރުކޮށްފައެވެ. އަދި އެ ކޯޓުން ވަނީ ނާޒިމްގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ނާޒިމްގެ ބަންދަށް މުއްދަތު ޖެހުމާއިއެކު ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިހަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. މިމައްސަލާގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ