މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ސަރަހައްދު ތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ދިފާއީބާރުގެ ފަޔަރ އެންޑް ރެސްކިއު ސިފައިންނާއި މާލޭ އޭރިޔާ ކޮމާންޑުގެ ސިފައިން މިހާރު، މާލޭގައި އިތުރަށް ފެންބޮޑުވިޔަ ނުދިނުމަށް މަސައްކަތް ފަށާފައި ވާކަމަށެވެ. އެގޮތުން ފެންހިންދުމާއި ފެން ބޮޑުވުމުގެ ސަބަބުން އާންމުގެ ގޭގެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސިފައިން މަސައްކަތް ކުރައްވާނެކަމަށް ޝަމާލް ވިދާޅުވިއެވެ.
MNDF Fire & Rescue Service and Male Area Command troops are being deployed tonight to prevent the flooding & are actively engaged in draining the flooded locations in Male Area. Troops are also assisting to lessen the damages caused to several houses due to heavy rains. pic.twitter.com/paqZQwWq7Y
— Maj. Gen. Abdulla Shamaal (@CDFofMNDF) November 16, 2020
މެދު ނުކެނޑި މިރޭ ވެހެމުންދާ ވާރޭގެ ސަބަބުން މާލޭގެ ގިނަ މަގުތަށް މިހާރު ވަނީ ފެނުއަޑީގައެވެ. އަދި ހާއްސަކޮށް އާންމުކޮށް ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ސަރަހައްދު ތައް ކަމަށްވާ މާފަނުގެ މަގުތަކުގައި ބައެއް ސަރަހައްދު ތަކުގައި ފޫޓަކަށް ވުރެ އުސްކޮށް ވަނީ ފެން ހެދިފައެވެ.
Malé ah kuramundhaa visaaraigai fenbodu ve ,rayyithunna gellun libemun dhaathee, veli basthaa thah jehumuge masaiyakiy council in kuriyah gendhanee. pic.twitter.com/EbUyH0j7bk
— Male' City Council (@MaleCitymv) November 16, 2020
ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް މާލެ އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިރޭ 23:45 އިން ފަތިހު 3:45 އަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ކުރިއަށް އޮތް 24 ގަޑީރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ސަރަހައްދު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީނުން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.