ރޮޒައިނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި

ރޮޒައިނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި

Author
މުޙައްމަދު ޖިމީ
30 ޖުލައި 2022 09:51
0

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ޓްވިޓާ އެކައުންޓް ހެކްކޮށްފިއެވެ.

ރޮޒައިނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެފައިވަނިކޮށެވެ. ރޮޒައިނާ ޕޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މެންދަމު 2 އިން ފެށިގެން އޭނާގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފައިވާކަމަށެވެ. ނަމަވެސް އެކައުންޓް ހެކްކުރި ފަހުން އެއްވެސް ޓްވީޓެއް އެ އެކައުންޓުން ކޮށްފައި ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ޓްވިޓާއެކައުންޓް ހެކޮށްފައިވާއިރު، ރޮޒައިނާގެ ފިރިކަލުން ނާޝިޒު އެއްޖިއްސުން ގުޅުން ހިންގާ ފޮޓޯތަކެއް ހުރިކަމަށް ބުނެ ދައުރުވި ވާހަތަކާއި ގުޅިގެން ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސް އަޕް ގްރޫޕެއްގައި ނާޝިޒުއާއި، ރޮޒޭނާ ޓެގްކޮށް ސުވާލެއް ކުރެއްވުމުން ރޮޒައިނާ ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝިދުގެ  ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގައި ނަޝީދު ގެންދަނީ ރައީސް ޞާލިހާއި، އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް ބޮޑެތި ތުހުމަތުރައް ކުރަމުންނެވެ.

ނަޝީދުގެ މިތުހުމަތާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ ފޮޓޯތައް ހުރި ކަމުގައިވާނަމަ އެފޮޓޯއެއް ލީކު ނުވެގެން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ނަޝީދުގެ ކޮއްކޮ މިމައްސަލާގައި ހައްޔަރު ކުރުމަކީ އެކަމުގެ ރުޅިވެރިކަން އެހެން މީހުންނަށް ބާލަންޖެހޭ ސަބަބެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި އެހެން ނޫނަސް ނަޝީދަކީ ރައްޔިތުންނަށް އޮޅުވާލަން ކިހާ ބޮޑެތި ދޮގު ތަކެއް ހަދާނެ ބޭފުޅެއްކަން ރައްޔިތުންނަށް އޮޅިފައި ނުވާކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ބަލަ ފޮޓޯތައް ލާށޭ ބުނީމަ ކީއްވެތަ މުހައްމަދު ނަޝީދަށް ލާން ނުކެރިގެން އުޅެނީ. އެއީ ނެތީމަ. ތި އިންސާނާ ހަދާ ދޮގު ނޭގޭ މީހެއް މި ޤައުމަކުނެތް. ލިވާތުކޮށްގެން ކޮއްކޮ ހައްޔަރު ކުރީމާ އެހެން މީހުންނަށް ކޮން ވަރެއް ބާލަނީ! ހުރިއްޔާ ހުރި ވީޑިއޯއަކާއި ފޮޓޯއެއް ލާބަލަ.

– ރޮޒޭނާ ވިދާޅުވިއެވެ.

އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮށް ނާޒިމް ހައްޔަރު ކުރުމާއެކު، ނަޝީދު ޓްވީޓެއް ވެސް ކުރެއްވިއެވެ. އަދި ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް ވެސް ނަޝީދު އެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ނާޒިމް ސައްތާރު މިއަދު ވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހާޒިރުކޮށްފައެވެ. އަދި އެ ކޯޓުން ވަނީ ނާޒިމްގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާއަށް ވަނީ ލީކުކޮށްފައެވެ.

އެ މައްސަލާގައި ނާޒިމްއާއި އަލަމްގީރްގެ އިތުރަށް، ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެނމަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.