ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމުގައި ކުރީގެ ސީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ރައީސް ޔާމީން ކުރިއަށް އޮތް ދައުރުގައި ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓަސް ރައްދު ދެއްވަމުންނެވެ.
ރިޔާޒު ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެކަމަށެވެ. ރައީސް ޔާމީންގެ ނިމިދިޔަ ދައުރުގައިވެސް ފުލުހުންގެ ޚިދުމަތް ބޭނުން ކުރައްވާފައިވަނީ މީހުން ފްރޭމް ކުރުމާއި، ޤާނޫނީ އުމުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމަށްކަމަށެވެ. އަދި އެދައުރުގައި ފުލުހުންގެ މުވައްސަސާ އޮތީ އެއްވެސް އުސޫލެއް ހަމައެއްނެތި ބޮއްސުން ލާފައިކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރައީސް ޔާމިނުގެ ވެރިކަމުގަ ފުލުހުންގެ ޚިދުމަތް ބޭނުންކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާހައްޔަރުކުރުމުގަ. މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ. އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް. 2 ވަނަ ދައުރެއް ޔާމީނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ.
– ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒުގެ ވާހަކަތަށް ޝުޖާ ވަނީ ރައްދުވެސް ދެއްވާފައެވެ. ޝުޖާ ވިދާޅުވީ މުޅި ފުލުހުންގެ މުއައްސަސާ ޚަރާބުކޮށް، އުސްފަސްގަނޑުގައި އެމްޑީޕީން ޓެންޓު ޖަހައިގެން ޤާނޫނައި ޚިލާފް އެތައ ކަމެއް ކުރަމުންދިޔައިރުވެސް ފުލުހުންގެ ޚިދުމުތުގައި ސީޕީގެ މަޤާމުގައި ހުންނެވި ބޭފުޅަކަށް ރަނގަޅާއި ހެވާއި ނޭގޭނެކަމަށެވެ.
މިވާހަތަކަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި ގައުމަށާއި ރައްޔުތުންނަށްކޮށްދިން ޚިދުމަތް ރައްޔިތުން ބަލައިގަތްކަމަށެވެ. ރައްޔިތުން ވަނީ ކޮށްދެއްވި ޚިދުމަތް ބަލައިގަނެ ދެވަނަ ދައުރަކަށްވެސް މަޖިލީހަށް އިންތިޚާބުކޮށް ދެއްވާފައިކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާ ވިދާޅުވީ އިންތިޚާބުވީ ޤާސިމްގެ އެހީއާއި އެކުގައިކަމަށެވެ. މިހާރު ހުންނެވި ޕާޓީއަކުން މަޖިލިސް ގޮޑިއަކަށް އިންތިޚާބު ނުވާނެކަމަށްވެސް ޝުޖާވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ