ފިނޭންސްގެ ޕްރޮކިއުމެންޓް ހެޑް މުޖުތަބާ ކުއްލިގޮތަކަށް ނިޔާވެއްޖެ

ފިނޭންސްގެ ޕްރޮކިއުމެންޓް ހެޑް މުޖުތަބާ ކުއްލިގޮތަކަށް ނިޔާވެއްޖެ

Author
ހުސެއިން
29 ޖުލައި 2022 10:27
0

ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމެންޓް ހެޑްގެ މަގާމުގައި ހުންނެވި އަހުމަދު މުޖުތަބާ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޖުތަބާ ބަނޑުގައި ރިއްޔާސީތީ ސްޙީ ހާލަތު ގޯސްވެގެން ކުއްލިގޮތެގައި މާލެ ގެނެސްފައިވަނީ އޭނާ އުފަންރަށް ދެއްވަދޫގައި ހުންވަނިކޮށެވެ.

ބައެއް ފަރާތްތަކުން ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ރަށުގައި ހުއްޓާ ބަނޑުގައި ރިއްސާތީ ތިނަދޫ ހޮސްޕިޓަލަށް ދައްކާފައިވެއެވެ. އަދި ތިނަދޫ ހޮސްޕިޓަލަށް ދައްކުމުން ކިޑްނީ ފެއިލްވެފައިވާ ކަމަށް ހޮސްޕިޓަކުން ބުނެފައިވެއެވެ.

މިޖުތަބާ މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްކަމަށް ވަނީ މައުލުމާތު ލިބިފައެވެ.

ހަތަރު ކުދިން ބައްޕަ މުޖުތަބާ ނިޔާވިއިރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޕްރިކިއުމަންޓް ޕޮލިސީ ޑިޕާންޓްމަންޓްގެ ޗީފް ޕްރޮކިއުމަންޓް އެކްޒެކެޓިވް ހެޑްގެ މަގާމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.