ޓިކްޓޮކް ތަރި އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަރިޔަމް ޝިފާވެސް ހައްޔަރުކުރަން ޢާންމުން ގޮވަންފަށައިފިއެވެ.
ޝިފާ ހައްޔަރުކުރަން ޢާންމުން ސޯޝަލް މީޑިއާގައި ގޮވަން ފަށާފައި މިވަނީ، އެއް ޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކުރަން ފެށުމުންނެވެ. އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އޭގެ ތެރޭގަިއ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އާއި، ފުލުހެއްވެސް ހިމެނެއެވެ.
މިއާއެކު ބައެއް އާންމުން ވަނީ އެއްޖިންސުން ގުޅުންހިންގިކަމަށް ބުނާ ވީޑިއޯއެއް އާންމުވެފައިވާ ޓިކްޓޮކް ތަރި އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަރިޔަމް ޝިފާވެސް ހައްޔަރުކުރުމަށް ގޮވާލަން ފަށާފައެވެ.
އެއްޖިންސުން ގުޅުން ހިންގި މީހުން ޕާސްޕޯޓް ހިނަފަހައްޓާފައިވާއިރު، އޭގެ ތެރޭގައ ޝިފާވެސް ހިމެނެއެވެ.
ނަމަވެސް މިމައްސަލާގައި މިހާތަނަށް ޝިފާއާއި ސުވާލެއް ކޮށްފައިވާކަމެއްވެސް ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ލީކުވެފައިވާ ވީޑިއޯތަކާއި ގުޅިގެން ޝިފާ ބުނެފައިވަނީ އެއީ އެޑިޓެއްކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނިފަހުންވެސް އިތުރު ވީޑިއޯތަކެއް ވަނީ ލީކުވެފައެވެ.
ޝިފާއާއި އޭނާއާއެކު ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރަނީ އަންހެނުންނަށް ވީމަތޯ ބައެއް ފަރާތްތަކުން ސުވާލުކުރެއެވެ.
ކޮމެންޓު ފޮނުވާ