އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނި ރިސޯޓެއްގައި ހުއްޓައެވެ.
ނާޒިމް ސައްތާރަކީ އަމަލް ގިރިއާއެކީ ޖިންސީ ގުޅުން ހިންގަނިކޮށް އެއްމެ ފުރަތަމަ އާންމުވި ވީޑިއޯތަކުން ފެންނަ އަދި ތަހުގީގަށް ޕޮލިހަށް ހާޒިކޮށްފައިވާ ފަރާތެއްވެސް މެއެވެ،
ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރަމުންދަނީ ފުލުހުން ހަދާފައި ފޮރެންސިކް ތަހުގީގުތަކުން ހެކި ލިބިފައިވާ މީހުން ކަމުގައެވެ.
އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ހިންގަމުންދާ އޮޕަރޭޝަނާއި ގުޅޭގިތުން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި އޮޕަރޭޝަންގައި މިހާރު 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރު ކުރެވިފައިވާ ކަމުގައެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، މިމައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށްފައެވެ. ފުލުހުގެ ބަރާތުން ވިދާޅުވެފައިވަނީ މިޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި، އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމުގައެވެ.
މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންދަނީ ކުރަމުންދާ ކަމުގައިވެސް މިބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ދެދިވެހިންގެ ތެރެއިން އެކަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ނަޝީދެވެ. އަނެއް ދިވެހި މީހާއަކީ ކާކުކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ