ދާދި ފަހުން ލީކުވެފައިވާ ވީޑިއޯތަކުން ފެންނަ އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ، އެއްޖިންސުން ގުޅުން ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ ބަންގްލަދޭޝްގެ އަލަމްގިރީގެ އިތުރުން، އޭނާއެކީ އެކޮޓަރިން ފެންނަކަމަށް ބުނާ، ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ނަޝީދު ހައްޔަރު ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވީޑިއޯތަކުން ފެންނަ އެހެން މީހުންވެސް ފުލުހުން މިހާރު ގެންދަނީ ހައްޔަރު ކުރަމުންނެވެ. އެހެންނަމަވެސް، ލީކް ވެފައިވާ ވީޑިއޯތަކުން ފެންނަ ކަމަށްބުނާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ، ފުލުހުން ހަދާފައިވާ ފޮރެންސިކް ތަހުގީގްތަކުން، ވީޑިއޯތަކުން ފެންނަ މީހުންނަކީ ކޮންބައެއްކަން ކަށަވަރު ކުރެވިފައިވާ މީހުން ހައްޔަރު ކުރުމަށެވެ.
މިގޮތުން ފުލުހުންވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، ވީޑިއޯއިނ ފެންނަކަމަށް ބުނާ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދު ހައްޔަރު ކޮށްފައިވާއިރު، އޭނާ މީގެކުރިންވަނީ ވީޑިއޯއިން ފެންނަނާ އޭނާކަމަށް ބުނެފައެވެ. އެހެންނަަމަވެސް އޭނާ ބުނެފައިވަނީ ބަދުއަޚްލާގީ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށާއި އެއްޖިންސުން ގުޅުންހިންގާ ކޮޓަރިއަށް އޭނާ ގޮސްފައިވަނީ "ބިޒްނަސް މީޓިން"އަކަށް ކަމުގައެވެ.
އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުން ހައްޔަރު ކުރަން ފަށާއިފައިމިވަނީ މިމީހުން މުޖުތަމައަށް ދޫވެފައި ތިބޭތީ އެކަމުގެ ކަންބޮޑުވުން އާންމުންގެ އެތައްބަޔަކު ފާޅުކޮށް، ސަރުކާރަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ