"ގުޑްބާއި" އޮކްޓޯބަރު 7 ގައި

"ގުޑްބާއި" އޮކްޓޯބަރު 7 ގައި

Author
ފާތިމަތު ނާވީ
25 ޖުލައި 2022 09:47
0

ބޮލީވުޑްގެ ލިވިންގް ލެޖެންޑް އަމީތާބް ބައްޗަންގެ ކުރިއަށް އޮތް ފިލްމު "ގުޑްބާއީ" ރިލިޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

މިލްމުގައި އަމިތާބާ އެކުގައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު އެކްޓަރެސް ރަޝްމިކާ މަންދަނާއެވެ. އޭނާ އަކީ މިދިއަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ޕުޝްޕާ"ގެ ތަރިއެވެ.

މިދިޔަ އަހަރު ޝޫޓިންގ ނިންމާފައިވާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ޑައިރެކްޓަރު ވިކާސް ބާލްގެ މި ފިލްމްގައި ނީނާ ގުޕްތާ، ސުނިލް ގްރޯވާ، އެލީ އަވްރަމް، ޕަވައިލް ގުލާޓީ އަދި ޓީވީ އެކްޓަރު ޝިވިން ނަޔަވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.