މ.ދިއްގަރާއި ތ.ގާދިއްފުށީ ކައުންސިލުގެ ބައި-އިލެކްޝަން އޯގަސްޓް 13ގައި

މ.ދިއްގަރާއި ތ.ގާދިއްފުށީ ކައުންސިލުގެ ބައި-އިލެކްޝަން އޯގަސްޓް 13ގައި

Author
މުޙައްމަދު ޖިމީ
24 ޖުލައި 2022 10:48
0

މ.ދިއްގަރު އަދި ތ.ގާދިއްފުށީ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމަށް ނިންމައިފިއެވެ.

އެކަން އިއުލާންކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ މ.ދިއްގަރު ކައުންސިލު މެންބަރު އަދި ތ،ގާދިއްފުށީ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެ ބައި-އިލެކްޝަން އޮންނާނީ އޯގަސްޓް 13ގައި ކަމަށް ހަބީބު ވިދާޅުވިއެވެ.

މ.ދިއްގަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓެކެވެ. މިއިންތިޚާބުގައި ކެނޑިޑޭޓް ނަންބަރު އެކެއް ލިބިފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފްއަށެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޙަންނާން އަޙްމަދަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު ދޭކެވެ.

ދިއްގަރު ކައުންސިލް ގޮޑިއެއް ހުސްވެފައިވަނީ އެކައުންސިލްގައި މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރި މެމްބަރު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ވެރިކުރާ މައި ޕާޓީ، އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ދިއްގަރު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީ 3 މެމްބަރަކާއި، އިދިކޮޅު ޕީޕީއެމްގެ މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.