މިއަދު ބޭއްވިގެންދިޔަ ޑަބްލިއުޑިސީގެ ދެ އިންތިޚާބުންވެސް ވެރިކަން ކުރާ އެމްޑީޕިއަށް ބޮޑު ނާކިޔާބަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އެމްޑީޕިއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ މިއަދު ބޭއްވުނު ތ. ވަންދޫގެ ޑަބްލިއުޑިސީ އިންތިޚާބާއި އައްޑު ހިތަދޫ ޑަބްލިއުޑިސީ އިންތިޚާބުގައެވެ.
އައްޑޫ ޑަބްލިއިޑީސީ އިންތިޚާބުގައި އެމްޑީޕީ އިދިކޮޅު ޕީޕީއެމްއާއި ވާދަ ކޮށްފައިވާއިރު، ތ. ވަންދޫ ޑަބްލިއުޑިސީގެ އިންތިޚާބުގައި އެމްޑީޕީން ވާދަކޮށްފައިވަނީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ ކަމުގައިވާ އެމްއެންޕީއާއެވެ.
މިއަދު ބޭއްވުނު އައްޑޫ ހިތަދޫ ޑަބްލިއުޑީސީ އިންތިޚާބުގައި 141 ވޯޓުގެ ބޮޑު ތަފާތަކުން ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރި އާމިނަތު ޝާހިދާ ބަލިކޮށް، އިދިކޮޅު ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރި ފާތިމަތު ނަޒީހާ އަހުމަދު ގޮނޑީ ކާމިޔާބު ކުރިއިރު، ތ. ވަންދޫ ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ބަލިކޮށް މި އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އެމްއެންޕީގެ ފަރާތުން ވާދަކުރި ޚަދީޖާ މުހައްމަދެވެ. އޭނާ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 29 ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީއަށް ޑަބްލިއުޑީސީގެ ގޮޑިތައް ގެއްލެމުން ދާއިރު، އެޕާޓީގެ އެތެރޭގައިވަނީ ބޮޑެތި ހަަނުޖެހުންތައް ހިގާ، ޕާޓީވަނީ ދެފެކްޝަނަކަށް ބެހިގެން ގޮސްފައެވެ. އަދި ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ކަމުގައިވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ރައީސް ސާލިހުވެސް ވިދާޅުވަމުން ގެންދަވަނީ ދެބޭފުޅުންވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ ކަމުގައެވެ.
ކޮމެންޓު ފޮނުވާ