ހިތަދޫ އާއި ވަންދޫ ބައި އިލެކްޝަންގެ ވޯޓްލުން ކުރިއަށް، ތަރުހީބު ކުޑަ!

ހިތަދޫ އާއި ވަންދޫ ބައި އިލެކްޝަންގެ ވޯޓްލުން ކުރިއަށް، ތަރުހީބު ކުޑަ!

Author
ޢަލީ އާދަމް
23 ޖުލައި 2022 01:29
0

އައްޑޫ ސިޓީ ހިތަދުއާއި ތ. ވަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ހެނދުނު 8 ޖެހީރު ވޯޓްލާން ފަށާފައި ވާއިރު މެންދުރު 12:00 އާ ހަމައަށް ވޯޓުގައި ބައިވެރިވެފައި ވަނީ ވޯޓްލާން ޝަރުތު ހަމަވާ މީހުންގެ ގާތް ގަނޑަކަށް 4 އިންސައްތަ މީހުނެވެ. އެއީ ޖުމްލަ 464 މީހުނެވެ.

މި ބައި އިލެކްޝަންގައި ޖުމްލަ 12379 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ދެ އިންތިހާބަށް ޖުމްލަ 16 ވޯޓު ފޮއްޓެއްް ބަހައްޓާފައި ވާނެ ކަމަށެވެ. އެއީ ވަންދޫ އަށް 4 ފޮއްޓާއި އައްޑޫ ސިޓީ ހިތަދޫއަށް 12 ފޮއްޓެވެ.

އީސީން ބުނީ ފަސް ވޯޓް ފޮއްޓެއް ނޫނީ އެހެން ވޯޓް ފޮށިތައް މިއަދު 8:00 ގައި ހުޅުވާ ވޯޓްލާން ފަށާފައިވާ ކަމަަށެވެ.

އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީގެ ކެންޑިޑޭޓުން ވެސް ވާދަ ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.