މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް އަރައިފި

މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް އަރައިފި

މިއަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މި ހިގާ ޖުލައިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 900،808 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 328،685 ފަތުރުވެރިންގެ އިތުރު ވުމެކެވެ. ފާއިތުވެދިޔަ އަހަރުގެ މި ތާރީޚާއި ހަމައަށް ރާއްޖެ އައިސްފައިވަނީ 572،123 ފަތުރުވެރިންނެވެ.

އަދި މިއަދަދަކީ 2020 ވަނަ އަހަރާއި 2019 ވަނަ އަހަރަށްވުރެވެސް މަތީ އަދަދެކެވެ. 2020ވަނަ އަހަކީ ކޯވިޑް ކާރިސާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތު އިދަޖެހިގެން ދިޔަ އަހަރެކެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިންޑިއާއިން ރާއްޖެއަށް 132،151 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ އަދަކަށް ރާއްޖެއަށް ފަތުރުވެެރިން ޒިޔާރަތް ކޮށްފައިވާ އިނގިރޭސިވިލާތުން 104،667 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މި ލިސްޓުގެ 3 ވަނާގައި އޮތީ ރަޝިއާއެވެ. ރަޝިއާއިން މިއަހަރު މިހާތަނަށް ރާއްޖެއަށް 94،151 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ އަހަރު ނިމިގެން ދިޔައިރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 1،321،932 ފަތުރުވެރިންނެވެ. މި ނިސްބަތުން ބަލާއިރު، މިއަހަރު ވެގެންދާނީ ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަހަރަކަށް ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *