ޑޮލަރު ވިއްކާނެ ބަޔަކު ހޯދުމަށް އިއުލާންކުރެވުނީ އޮޅުމަކުންކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.
ސަރުކާރު ކުންފުނިތަކުން ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް އިއުލާންކުރެއެވެ. އެގޮތުން އާރުޑީސީންވެސް ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އާރުޑީސީއަށް ޑޮލަރު ވިއްކާނެ ފަރާތެއް ހޯދަންއެކުންފުނިން ކުރި އިއުލާނު މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އަންގައިގެން މިހާރުވަނީ ބާޠިލުކޮށްފައެވެ.
ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅޭގޮތުން އާރުޑީސީން ބުނެފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ހުންނެވީ ޗުއްޓީގައިކަމަށެވެ. އެކުންފުންޏަކީ މުދާ އެތެރެކުރުމަށް ޑޮލަރު ހޯދަންޖެހޭ ކުންފުންޏެއްކަމުން ޑޮލަރު ހޯދުމުގެ ކަންކަން ކުރަނީ ފިނޭންސް ޑިޕާޓްމަންޓުންކަމަށެވެ. ނަމަވެސް އެ ޑިޕާޓްމަންޓުގެ ގިނަ ބަޔަކު ޗުއްޓީގައި މިވަގުތު ތިބުމުން، އެކަންކަންް މިހާރު ބަލަހައްޓާނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުންކަމަށް އާރުޑީސީން ބުންޏެވެ. އެހެންކަމުން ޑޮލަރު ހޯދުމަށް އިއުލާންކުރެވުނީ އޮޅުމަކުންކަމަށް އެކުންފުނީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ޑޮލަރު ހޯދުމަށް ކުރި އިުލާން މާ ގިނަ އިރުތަކެއް ނުވެ ނަގާފައިވާކަމަށާއި، ޑޮލަރުގެ މުއާމަލާތް ކުންފުނިތަކުންކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިވެގެންކަމަށް އަންގާފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ.
ޑޮލަރު ހޯދުމަށް އާރުޑީސީން ކުރި އިއުލާނާއި ގުޅިގެން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާލުވީ، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އެކި މަޝްރޫއުތަކަށް ބޭނުން ކުރަމުން ދާއިރު، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި އެމްއެމްއޭއިން އެ ކަންކަން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރެއް ނުފެންނަކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ކަޅުބާޒާރު އިތުރަށް ފުޅާކޮށް ގައުމުގެ ފޮރިންރިޒާވް, ކޮރަޕްޝަނާ ތާރާ ކޮންކުރީޓަށް ބަދަލުކުރަމުންދާއިރު އަދި ތަކެތީގެ އަގު އިންތިހާއަށް މައްޗަށްދާއިރު މިކަން ހުއްޓުވާން އެމްއެމްއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނުތައް ތަމްފީޒު ކުރާތަނެއް ނުފެނޭ ! pic.twitter.com/Q5K4IttFGP
— Ibrahim Rasheed (@BondeM4) July 20, 2022
މާލީ ނިޒާމްތެރޭން ހިންގާ މިފަދަ ބޮޑެތި ކޮރަޕްޝަންތައް ހުއްޓުވާން ވަރަށް ބުރަ މަސަތްކަތްތަކެއް އެމްއޭމްގެ ގަވަރނަރ ކުރައްވާކަން ވެސް ފާގަކުރެވޭކަމަށާއި، ލަސްނުކޮށް މިކަން ވެސް ހުއްޓުވާ ކޮޅެއްގައި ޖައްސާނެކަމަށް އުންމީދުކުރާކަމަށް ބޮންޑެ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ