ޖަލާލުއްދީން ސްކޫލުގައި ކްލާސްރޫމް ޢިމާރާތެއް އެޅުމަށް ހަވާލުކޮށްފި

ޖަލާލުއްދީން ސްކޫލުގައި ކްލާސްރޫމް ޢިމާރާތެއް އެޅުމަށް ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
21 ޖުލައި 2022 01:16
0

ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ކުލާސްރޫމް އިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި އިވޯސަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ރިއްފަތު އިބްރާހީމެވެ.

މި މަސައްކަތަކީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި މަސައްކަތަށް 9.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 8 ކުލާސްރޫމުގެ އިމާރާތެކެވެ. މި މަސައްކަތް އިވޯސަން މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

 

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަޖީދިއްޔާ ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތްވެސް އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. އަދި ވެލްޓްރޭޑިންގގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ފައިނޭންސް ޑިރެކްޓަރ ޢަބްދުﷲ އާސިމެވެ.

މި މަޝްރޫޢަކީވެސް 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތަށް 1.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަސައްކަތް ފުރިހަމަ ކުރުމަށް ދީފައިވަީ 40 ދުވަހުގެ މުއްދަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.