އަމީރުލް ޙައްޖު، ޑރ. ޒާހިރު ރާއްޖެ ވަޑައިގެންފި

އަމީރުލް ޙައްޖު، ޑރ. ޒާހިރު ރާއްޖެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
20 ޖުލައި 2022 05:03
0

1443ވަނަ އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އަނބިކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ. ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެވަޑައިގެންފައިވާއިރު، ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ޙައްޖާޖީންގެ ތެރެއިން 157 ޙައްޖުވެރިން ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފައެވެ.

އަދި މި އަންނަ ހޮނިހިރު ދުވަހު 175 ޙައްޖުވެރިން، 27 ޖުލައިގައި 117 ޙައްޖުވެރިން ރާއްޖެ އަންނާނެއެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.

ރާއްޖޭގެ ޙައްޖު މިޝަންއިން ހާމަކުރައްވާގޮތުގައި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަގަޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.