މާތް ވެގެންވާ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ހިންގައި، ފާޚިޝް ހަޑިމުޑުދާރު ޢަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނުނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އެއްޖިއްސުން ގުޅުންހިންގުމުގެ މައްސަލަތައް ފެންމަތިވެ، ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް މިކަމުގައި ޝާމިލުވާ މީހުން ހައްޔަރު ނުކުރެވި ލަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒު ވަމުންނެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ ސަރުކާރުގެ އިސްފަރާތްތަކާއި ގުޅުން އޮތް މީހުންނަށް ވުމުން ފިޔަވަޅު އެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިމައްސަލާގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރ އިމްރާން ވިދާޅުވީ ޤައުމުގެ އިޖުތިމާއީ ފޭރާން ވީދައި، މާތް ރަސްކަލާންގެ ކޯފާއަށް ޤައުމު ހުށަހެޅޭފަދަ ހަޑިހުތުރު މުޑުދާރު ފާޚިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ ޤާނޫނީ ހަމަތަކުގެ މަތީން އަޅަންވާ ފިޔަވަޅު އެޅުމަކީ، ނުކޮށް ދޫކޮށްލާނެ ކަމެއް ނޫންކަމަށެވެ.
ދީނުގެ ހުދޫދު ނެތިކޮށް، ޤައުމުގެ އިޖުތިމާއީ ފޭރާން ވީދައި، މާތް ރަސްކަލާންގެ ކޯފާއަށް ޤައުމު ހުށަހެޅޭފަދަ ހަޑިހުތުރު މުޑުދާރު ފާޚިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ ޤާނޫނީ ހަމަތަކުގެ މަތީން އަޅަންވާ ފިޔަވަޅު އެޅުމަކީ، އަޅުގަނޑު ނުކޮށް ދޫކޮށްލާނެ ކަމެއްނޫން.
– އިމްރާން ވިދާޅުވިއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ އާއްމުވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި އަލަމްގީރް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހަކު ވެސް ހަމަ އަލަމްގީރްއާއެކު އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވިއެވެ.
މިމައްސަލާގައި މިހާތަނަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިްނ ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ އަލަމްގިރި އެކަންޏެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ގިނަ ބަޔަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފަ އެވެ. އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް އަދި ނަޝީދުގެ ވެސް ޕާސްޕޯޓު ހިފަހައްޓައިފައެވެ. އެނގިފައިވާ ގޮތުގައި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އަދި ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން މަސައްކަތްކުރި ކަމަށް ވެއެވެ.
2 Responses
ބަލަ އިމުރާނުގެކުރިމައްޗަް ގޮހެން ނުކުރާނެނު ކިތައްމީހުންތޯ ދީނަށާކީރިތިރަސޫލާއަށާގުރުއާނަށް ހޖޫޖަހާހަދަނީ އަދިއެހސާބުންހުއްޓާލަނީކީނޫނޭ ތިމާގެވެރިރައްބަށް ގޮއްޖަހާވެސްހަދަނީއޭ އެއެށްމެން ފޮނުވާލަނީބޭރަން އިން×ަތާއެކު މިސަރުކާރުގާ ފިޔަޅުއަޅާނީ ދީންހިމާަތް ކުރަން އުޅޭ މީހނަން ނބާ ފާހިސްކަންތައް އާމުވެ ފެނަނާނީމިހާކަންވަރަން
ސުވަރާ.. ތަކުތާރު ނުވިޔަސް އެ މުޱުދާރު އަމަލު ކޮށްފިއްޔާ އަދަނު ލިބެން ޖެހޭނެ. ތަކުތާރު ވީ މަ އެއްނޫން އަދަބު ފޭން ޖެހޭނީ. މި ބީތާމީ އާޙިރަތް ވިއްކާލާ ދުނިޔެ ހޯފަން ތެޅޭ އެއްޗެއް