މަޝްހޫރު ލަވަކިޔުންތެރިޔާ ބުޕިންދަރު ސިންގް މަރުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ބުޕިންދަރު ސިންގް މަރުވެއްޖެ

Author
ފާތިމަތު ނާވީ
19 ޖުލައި 2022 07:29
0

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބުޕިންދަރު ސިންގް މަރުވެއްޖެއެވެ.

ބުޕިންދަރު މަޝްހޫރު ވެގެން ގޮސްފައިވަނީ ގަޒަލް ލަވަ ތަކަށެވެ. މީގެ އިތުރުން އޭނާ އަކީ ބޮލީވުޑްގެ ޕްލޭބެކް ލަވަކިޔުންތެރިޔެކެވެ. އޭނާ އަކީ މޮޅު ގިޓަރިސްޓެއްވެސް މެއެވެ.

ބުޕިންދަރު މަރުވީ އިއްޔެ ހަވީރު މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. ގިން ސިއްހީ މައްސަލަތަކެއް ކުރިމަތި ވުމުގެ ސަބަބުން އޭނާއަށް ފަރުވާދެމުން ގެންދާތާ ދުވަސްކޮޅެއް ވަނީވެފައެވެ. މަރުގެ އަސްލު ސަބަބީ ހާޓް އެޓޭކެކެވެ.

ގިނަ ފިލްމު ތަކަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ބުޕިންދަރު މަރުވިއިރު ގެންދިޔައީ ކޯވިޑަށް ވެސް ފަރުވާ ދެމުންނެވެ. މީގެ އިތުރުން ވެސް ސިއްހީ ގިނަ މައްސަލަތަކެއް ހުއްޓެވެ. މަރުވި އިރު އުމުރަކީ 82 އަހަރެވެ.

ބައްޕަގެ ފަރާތުން މިއުޒިކުގެ ތެރެއަށް ވަދެވުނު ބުޕިންދަރު ވަނީ މިރޮގުން ގިނަ އެވޯޑްތަކެއް ވެސް ހާސިލް ކޮށްފައެވެ.

އޭނާގެ މަގުބޫލު ބައެއް ލަވަތަކުގެ ތެރޭގައި "ހުޒޫރް އިސް ގަދަރްބީ ނާ އިތުރާކޭ ޗަލިއޭ"، "ނާމް ގޫމް ގަޔާހޭ"، "ބޭޓީނަ ބިޓާއީ"، "އޭކް އަކޭލާ އިސް ޝެހެރްމޭ" އަދި "ދިލް ޑޫޑްތާ ހޭ" ފަދަ ލަވަތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.