ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

Author
މުޙައްމަދު ޖިމީ
19 ޖުލައި 2022 12:26
0

ހދ. ކުޅުދުއްފުށި ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

"ފްލައިންގ ފިޝް 12″ ނަމަކަށް ކިޔާ އެ ލޯންޗަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:03 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ، ލޯންޗު އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ލޯންޗުން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

24 ފޫޓުގެ މި ލޯންޗަށް ދިޔަވާން ފެށީ، 17 މީހުންނާއެކު ބ.ގޮއިދޫން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަމުގައި މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.