ހަނގުރާމައާއި ދެކޮޅަށް ޓީވީގައި ލައިވްކޮށް އިހުތިޖާޖްކުރި ނޫސްވެރިއާ ހައްޔަރު ކޮށްފި

ހަނގުރާމައާއި ދެކޮޅަށް ޓީވީގައި ލައިވްކޮށް އިހުތިޖާޖްކުރި ނޫސްވެރިއާ ހައްޔަރު ކޮށްފި

Author
ހުސެއިން
18 ޖުލައި 2022 07:05
0

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް، ރަޝިއާގެ ޓީވީ ސްޓޭޝަންގެ ނިއުސް ރޫމަށްވަދެ، އިހުތިޖާޖްކުރި އެގައުމުގެ ނޫސްވެރިޔާ މަރީނާ އޮވްސިޔަނިކޯވާ، ރަޝިއާ ސަރުކާރުން ހައްޔަރު ކޮށްފިކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

އޮވްސިޔަނިކޯވާ ހައްޔަރު ކުރުމާއި ގުޅޭގޮތުން ރަޝިއާއިން ރަސްމީކޮށް އެއްވެސް މައުލޫމާތެއް އަދި ހާމަ ކޮށްފައި ނުވާއިރު، ރަޝިއާ ސަރުކާރުން އޭނާ ހައްޔަރު ކޮށްފައިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން ރަޝިއާގެ ރައީސް ލާޑީމިރު ޕުޓުންއަށް ފާޑުވިދާޅުވެ، ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން ގައި ކައިރީގައި އޭނާ އިހުތިޖާޖު ކުރިތާ މަދު ދުވަސްތަކެއް ފަހުންނެވެ.

"މަރީނާ ވަނީ ހައްޔަރު ކޮށްފައި،" މަރީނާގެ ގާތް ރަހުމަތްތެރިން އޭނާގެ ޓެލެގްރާމް އެކައުންޓުގައި ލިޔެފައި ވެއެވެ. "އޭނާއާއި ބެހޭ އެއްވެސް މައުލުމާތެއް ހައްޔަރު ކުރިފަހުން ލިބިފައެއް ނެތް."

މަރިނާގެ ޓެލެގްރާމް އެކައުންޓުގައި ލިޔެފައިވާ މެސެޖްތަކާއެކު، އޭނާ ބައިސްލަން ދުވަނިކޮށް ފުލުހުން އޭނާ ހުއްޓުވާ، ހުދުކުކައިގެ ވޭނަކަށް އަރުވަނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް ހިމަނާފައި ވެއެވެ.

މަރީނާގެ ގާނޫނީ ވަކީލު ޑިމިޓްރީ ޒަޚްވާޓޯވް ވަނީ ރިއާ ނޮވޮޓްސީ ނިއުސް އޭޖެންސިއަށް މަރީނާ ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މަރީނާ ހައްޔަރު ކޮށްގެން ގެންދިޔަތަނެއް އެނގިފައި ނުވާކަމުގައެވެ.

ފާއިތުވެދިޔަ މާރޗްމަހު، ރަޝިއާގެ އެންމެ ގިނަމީހުން ބަލާ އެއް ޗެނަލް ކަމުގައިވާ ޗެނަލް ވަންގެ ޚަބަރު ގަޑީގައި، ޚަބަރު ލައިވް ކުރަމުން ދަނިކޮށް، ނިއުސް ރޫމަށްވަދެ، މަރިއާނާ އޮވްސިޔަކޮވޮވާ ވަނީ ހަނގުރާމައާއި ދެކޮޅު ޝުއޫތައް ލިޔެފައިވާ ޕޯސްޓަރުތައް ދައްކާލާފައެވެ. އަދި އޭނާގެ މިއަމަލާއި ގުޅިގެން މިޚަބަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

"ހަނގުރާމަ ހުއްޓާލާ، އެމީހުން އެ ހަދަނީ ހުސްދޮގު، މި ޕްރޮޕަގެންޑާ ގަބޫލު ނުކުރޭ،" އޮވްސިޔަކޮވޮވާ ހިފަހައްޓައިގެން ހުރި ކަރުދާހުގައި ލިޔެފައި ވެއެވެ. "ރަޝިއާ މީހުން މި ހަގުރާމައާއި ދެކޮޅު،" ލައިވް ނިއުސް ގަޑީގައި ޕްރެސެންޓަރުގެ ފަހަތުގައި ހުރެ އޭނާ ހިފަހައްޓައިގެން ހުރި ކަރުދާހުގައި އިނގިރޭސިބަހުން ލިޔެފައިވާ އިބާރާތުގައި ލިޔެފައި ވެއެވެ.

އޮވްސިޔަކޮވޮވާގެ މި އަމަލަށްފަހު، އޭނާ ޕޮލިސް ސްޓޭޝަންއަކަށް ހާޒިރުކޮށް، 14 ގަޑިއިރު ޕޮލިސް ސްޓޭޝަންގައި ބައިންދާފައި ވެއެވެ. އަދި އޭނާވަނީ 30،000 ރުބެލް (290 އެމެރިކާ ޑޮލަރު)އިން ޖުރިމަނާ ކޮށްފައެވެ.

އުމުރުން 43 އަހަރުގެ އޮވްސިޔަކޮވޮވާގެ މައްޗަށް ޖިނާޢީ ދައުވާކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމުގެ ރިސްކޮށް އޮތްނަމަވެސް އޭނާވަނީ ރަޝީއާ ދޫކޮށް ނުދާނެ ކަމުގައި ބުނެފައެވެ.

މަރިއާނާ އޮވްސިޔަކޮވޮވާގެ މި އިހުތިޖާޖަށްފަހު، ޗެނަލް ވަންގެ އެޑިޓަރގެ މަގާމުން އަދާކުރަމުންދިޔަ ނޫސްވެރިޔާ މަސައްކަތް ކުރަމުންދިޔަ ޓީވީން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، ޖަރުމަނުގެ ނޫހެއް ކަމުގައިވާ ޑައި ވެލްޓުން ވަނީ އޭނާއަށް ވަޒީފާ ހަމަޖައްސައި ދީފިއެވެ. އެއަށްފަހު އޭނާ މަސައްކަތް ކުރަމުން ދިޔައީ، ޑައި ވެލްޓް ނޫހުގެ ފްރީ ލާންސް ޖާނަލިސްޓެއްގެ ގޮތުގައެވެ. އޭނާ ދިޔައީ ރަޝިއާއި އަދި ޔޫކުރެއިންގެ ޚަބަރުތައް ރިޕޯޓު ކުރަމުން ދާނެއެވެ.

އޮވްސިޔަކޮވޮވާ ނެރެފައިވާ ބަޔާނެއްގައި އޭނާ ބުނެފައިވަނީ، އޭނާ މި ނޫހާއި ގުޅެން ނިންމީ، ޔޫކުރެއިންގެ ރައްޔިތުން އެގައުމުގައި ތިބެގެން މިނިވަން ކަމަށްޓަކާ ކުރަމުންދާ ހަގުރާމައަށް މިނޫހުން ތާއީދު ކުރަމުންދާތީ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.