އަދުރޭއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ

އަދުރޭއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2022 01:48
0

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެޕާޓީގެ ރައީސް އަބްދުއްރަހީމް ބަލި ވުމަކީ މުޅި އެޕާޓީއަށް ލިބިގެންދާ ބޮޑު ހިތާމައެއް ކަމަށެވެ. އޭނާ ވަނީ އަދުރޭއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އަބްދުއްރަހީމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ސީދާ ކޮންކަމާއި ގުޅިގެންކަމެއް ނޭގެއެވެ. އަދުރޭ ވަނީ ވަރަށް ފަހުން ބޭއްވި ޕްރެސްއެއްގައިވެސް ސަރުކާރު ޖަވާބުދާރީކޮށް، އިދިކޮޅު ކުރަމުންދާ މަސައްކަތްތައް ކުޑަކޮށްވެސް ފަހަތަށް ނުޖެއްސޭނެކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމް ޕީއެންސީން މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ލީޑު ކުރުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރައްވާ އަދުރޭ އަކީ ސިޔާސީ ގޮތުން ކުރެވޭ އެކި މަސައްކަތުގައި އިދިކޮޅު ލީޑުކުރައްވާ އެއްބޭފުޅާވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އަވަސް ސިފާއަކަށް އެދެން
ކ ކޮަރަކަލި
އަދުރޭއަށް އަވަސްޝިފާޔަކަށް އެދެން
ޔ ޔާމިން
ޥ.ައަވަސްޝިފާއަކައްއެެދެން އިންޝާﷲ