ކަންގަނާ "އިމަޖެންސީ"ގައި ފެންނަ ގޮތް ދައްކާލައިފި

ކަންގަނާ "އިމަޖެންސީ"ގައި ފެންނަ ގޮތް ދައްކާލައިފި

Author
ފާތިމަތު ނާވީ
17 ޖުލައި 2022 04:25
0

ބޮލިވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" ގައި އޭނާ ފެނިގެންދާގޮތް ދައްކާލައިފިއެވެ.

މި ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާއި އިއުލާންކުރި އިމަޖެންސީއާ ހެދި ދިމާވި ކަންކަމަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ "ލުކް" އާންމުކޮށްފައިވާއިރު ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. އަދި ކަންގަނާ އާއި އިންދިރާ ވަރަށް ވައްތަރު ކަމަށް ވަނީ ބުނެފައެވެ.

"އިމަޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނަށެވެ.

ކަންގަނާ އެންމެ ފަހުން ފެނިގެން ދިޔައީ ފްލޮޕް ފިލްމް "ދާކަޑް" އިންނެވެ. ފިލްމުގެ ނާކާމިޔާބީ އާއެކުގައި، ނެޝްނެލް އެވޯޑް ތިން ފަހަރު ހޯދައިފާ ބަތަލާގެ ކުރިއަށް އޮތީވެސް ތަފާތު ފިލްމްއެކެވެ.

ދެން އެންމެ އަވަހަށް ކަންގަނާ ފެންނާނީ އޭނާ އަސްކަރީ ޕައިލެޓެއްގެ ރޯލުން ފެންނަ ވަތަނީ ފިލްމު "ތޭޖާސް"އެވެ. "އިމަޖެންސީ" ނެރޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.