ހިންނަވަރު ބަނދަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

ހިންނަވަރު ބަނދަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2022 11:22
0

ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ ހިންނަވަރު ބަނދަރު ތަަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ގްރޮއިން ޖެހުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި 3.2 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ. ހިންނަވަރުގައި ތަރައްޤީކުރާ އައު ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މިބަނދަރުގެ މަސައްކަތުގެ ތެރޭގައި 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 421 މީޓަރު އެއްގަމު ތޮށްޓެއް ލުމާއި 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 140.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 99.5 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.