މެޓްރިކްސް މޯޑު އެމްޑީޕީއާއި ގުޅިއްޖެ

މެޓްރިކްސް މޯޑު އެމްޑީޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2022 10:32
0

އެމްޑީޕީން ވަކިވެ، ޕީޕީއެމަށް ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަލުން އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ، ޕީޕީއެމް ރައީސް ކަން ވެސް ކުރެއްވި މެޓްރިކްސް މޯޑް އެމްޑީޕީ އަށް ސޮއިކުރެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ނަަމަވެސް އަލުން ކުރީގެ ޕާޓީ އަށް އޭނާ ބަދަލުވެވަޑައިގަތް ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

މެޓްރިކްސް މޯޑް ހިތަދޫ މެދު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީ ޓިކެޓުގައެވެ. އޭގެ ފަހުން، މެޓްރިކްސް މޯޑް ވަނީ އެމްޑީޕީ ދޫކުރައްވައި ޕީޕީއެމަށް ސޮއިކުރައްވައިފައެވެ. ޕީޕީއެމްގައި ހޭދަކުރެއްވި މުއްދަތުގައި އޭނާ ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2013 ގައި ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު މޯޑް ވަނީ އެމްޕީއެލްގެ ދަށުން ހިންގާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިސް މަގާމެއް ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.