ރާޢީ، އިމްރާނަށް: މަނިކުފާނާއި، އަދާލަތު ޕާޓީގެ ނިޔަތަކީވެސް ސިޔާސީ މަންފާ ހޯދުން

ރާޢީ، އިމްރާނަށް: މަނިކުފާނާއި، އަދާލަތު ޕާޓީގެ ނިޔަތަކީވެސް ސިޔާސީ މަންފާ ހޯދުން

ގުޅުންހުރި

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި، އެޕާޓީގެ ރައީސް އިމްރާންގެ މަޤްސަދަކީވެސް ސިޔާސީ މަންފާ އިތުރު ކުރުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްމަބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވީ އަދާލަތު ޕާޓީ ދިވެހި ރައްޖޭގައި އުފެދިގެން އައީ ފަނޑުވަމުންދިޔަ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކަމުގައާއި، އަދި އެޕާޓީން ކުރިއަށް އޮތް ތަނުގައި ދެމި އޮންނާނީވެސް އެޒިންމާ އަދާކުރުމުގައި ކަމަށް އެޕާޓީގެ ރައީސް އިމްރާން ވިދާޅުވެ ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައެވެ.

ރާއީ ވިދާޅުވީ އަދާލަތު ޕާޓީ ރާއްޖޭގައި އޮތްކަމުގައި ވީނަމަވެސް އަދި ނެތްކަމުގައި ވީނަމަވެސް ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ފަނޑުވެގެން ނުދާނެކަމަށެވެ. އަދާލަތު ޕާޓީއާއި، ޝައިޚު އިމްރާންވެސް މިހާތަނަށް މަސައްކަތް ކުރައްވާފައިވާ ސިޔާސީ ގޮތުން ހޯދެން އޮތް މަންފާއެއް ހޯދުމުގައިކަމަށް ރާއީ ވިދާޅުވިއެވެ. އެނޫން ނިޔަތެއްގައި އިމްރާންވެސް އަދާލަތުންވެސް މަސައްކަތް ކޮށްފައިވާތަން ނުފެންނަ ކަމަށް ރާއީ ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތްކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް، ތި ޕާޓީގައިވެސް، ތި ޕާޓީގެ ލީޑަރު ހުދު މަނިކުފާނުގެވެސް ނެތެވެ، މަނިކުފާނުގެ މާޒީ އެކަންކަމަށް ހެކިވެރިވާނެއެވެ، ތިޔަ ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެއެވެ.

– ރާއީ ވިދާޅުވިއެވެ.

ރާއްޖޭގައި މިފަހުން ދީނާއި ޚިލާފް ގިނަ ކަންތައްތަކަކާއި، އިލްމުވެރިންނާއި ދެކޮޅަށް އެތައް ކަމެއް ކުރަމުންދާއިރު އަދާލަތު ޕާޓީން ރަސްމީކޮށް މިކަންކަމުގައި އުޅޭލެއް ކުޑަވުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަދާލަތަށް އަމާޒުވެފައެވެ. ޚާއްސަކޮށް އެއްޖިއްސުން ގުޅުން ހިންހި މީހުންގެ މައްސަލަގައާއި، ޔޯގާ މައްސަލާގައި އަދާލަތު ޕާޓީން އަދާކުރަންޖެހޭ ޒިންމާ އެންމެ ރަނގަޅަށް އަދާ ނުކުރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީގެ ކުރިން ދީނާއި ދެކޮޅަށް ހިންގޭ އެކި ހަރަކާތްތަކުގައި އަދާލަތު ޕާޓީން އަދާކުރަމުންދިޔަ ދައުރާ ގާތަށްވެސް މިހާރު މަސައްކަތް ނުކުރާކަމަށް ގިނަ ބަަޔަކުދަނީ ބުނަމުންނެވެ. ނަމަވެސް އަދާލަތަށް ނިސްބަތްވާ ބައެއް ވަކިވަކި ޢިލްމުވެރިން އެބޭފުޅުން ވިދާޅުވަންޖެހޭ ހައްގުބަސް އެބޭފުޅުންގެ ފަރުދީ ޒިންމާގެ ތެރެއިން ދަނީ އަދާކުރަމުންނެވެ.

އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއަކަށްވެފައި، އަދި ޕާޓީގެ އިސްސަފުގެ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވުމުން، އެޕާޓީއަށް ސަރުކާރާއި ދެކޮޅަށް ނިކުންނަންޖެހޭ ކަންކަމުގައި ނިކުތުމަކި ފަސޭގަ ކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ތީވަރަށްރަގަޅުވާހަކައެް ފަންްޑިތަހަދާގެންވެް އެމަގާމުގާހުންނަނބޭނުންވޭ އެއީއިތބާރުނެއްކަމަން ވޯޓުލީދުވަހުވެސް އިމުރާނުބުނިގޮތަެް އިސްކޮންއުޅުނުމީހަޖެހުނީއެޑުމެޓުކުރަންނު ހޕސްޕިޓަލުގަ

  2. އެހެންވެދޯ ސުން ޗޫރީ އުފައްދަން ބެންކޮކަށް ދަތުރުތަށް ފެށިއިރުގަޔާ އޭގެކުރީގަވެސް އެއްކޮޓަރީ 4/5ފިރިހެނުން ބަރަހަނާ ހާލުއުޅުނީ!
    އެއީދޯ ތިބުނާ އިސްލާމް ދީނަކީ؟

  3. ދަތްދިގުރާއީ އެމްޑީޕީއައް ވައިކުޑާގަފުންމާލީ ސިޔާސީ މަންފާހޯދާކައްނޫންބާ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ