އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި އާންމު ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ އެންމެފަހުން އެ އަމަލު ހިންގި މަންޒަރު ރެކޯޑުކުރި ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި ފުލުހުން ހައްޔަރުކޮށްފިއެވެ.
މިއަދު މެންދުރުފަހު 15:00 ކަންހާއިރު އަލަމްގިރި ހައްޔަރު ކޮށްފައި ވަނީ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ހުއްޓާ ކަމަށް މައުލޫމާތު ލިބެއެވެ. އަލަމްގިރި ހައްޔަރުކުރި ނަމަވެސް އޭނާ އާއި އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އެެއްޖިއްސުން ގުޅުން ހިންގި މައްސަލައާއި އެމްޑީޕީ އަލަމްގިރިއާއި، ނާޒިމް އަބްދުއްސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ފުރުން މަނާކޮށް ޕަސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
އެއްޖިއްސުން ހިންގި ވީޑިއޯތަކުގައި ފުރަތަމަ އާންމުވީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ކަމަށް ބުނާ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. އެ މީހުން ޖިންސީ ގުޅުން ހިންގި ކޮޓަރިއަށް ކާނަލް ނަޝީދު ވަންނަ ފޮޓޯތަކެއް އޭގެ ފަހުން އާންމުވިއެވެ. އެއީ ނަޝީދު ކަމަށް އެއްބަސްވިއެވެ. އަދި ބަރަހަނާވެފައި ނުވާނެ ކަމަށާ ޖިންސީ ގުޅުން ހިންގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ފަހުން ވަނީ ނަޝީދުގެ ވީޑިއޯތަކެއްވެސް އާންމުކޮށްފައެވެ. މިވީޑިއޯތަކުގެ އިތުރުން ރާއްޖެޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ ނަސީރު ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
ވީޑިއޯތައް އާންމު ކުރަމުންދާ މީހުން މީގެ އެތައް ދުވަހެއް ކުރީން ފެށިގެން ބްލެކް މެއިލް ކުރުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނި ގޮތުގައި ވީޑިއޯތައް އާންމު ކުރަމުންދާ ބައެއް މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ.
މިއަދު އަލަމްގިރި ހައްޔަރުކޮށްފައިވަނީ ގިނަ ބައެއް މިމައްސަލާގައި ސަރުކާރަށް ފާޑު ކިޔަމުން ދަނިކޮށެވެ. ޚާއްސަކޮށް މިކަމުގައި ސަރުކާރާއި ގުޅުންހުރި ނުފޫޒުގަދަ ފަރާތްތަކުގެ މައްސަލަ ނުބަލައި މަތިޖަހަން އުޅޭކަމަށް ގިނަ ބަޔަކު ބުނަމުންދަ ދަނޑިވަޅެއްގައެވެ. އަލަމްގިރި ހައްޔަރުކޮށްފައިވަނީ މިކަން ހިނގައިގެން އުޅޭތާ ގާތްގަނޑަކަށް މަސް ދުވަސް ފަހުންނެވެ.
ކޮމެންޓު ފޮނުވާ