ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕްލާސްޓިކް މަދުކުރުމަށް، އެސްޓީއޯއިން ވިޔަފާރިކުރާ ފަރާތްތަކުގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް އަގުނަގަން ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކޮށްފައިވާ ޓްވީޓްގައި ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރަމަށް އިލްތިމާސްކޮށްފައެވެ. އަދި ޕްލާސްޓިކް ކޮތަޅާއި ކަރުދާސް ކޮތަޅު ބޭނުންކުރުމަށް މަދުކުރުމަށް ގޮވާލަމުން އެސްޓީއޯއިން ވަނީ ޕްލާސްޓިކް ކޮތަޅަށް 2.5ރ އަދި ކަރުދާސް ކޮތަޅަށް 2ރ ނަގަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރަމާ 😊
އަންނައިރު ”ޓޯޓް ބޭގް“ ގެންނައްޗޭ! 🛍🍃#PlasticFree #StoPledgetoProtect 🌏♻️ pic.twitter.com/DVMmRlcmdf
— STO People's Choice (@stopc_mv) July 10, 2022
އެސްޓީއޯއިން މިގޮތަށް ނިންމާފައިވާއިރު، ރާއްޖެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނު އިޞްލާހުކުރުމަށްވެސް މަޖިލީހަށް ހުށައަޅާފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ ހާލަތަށް ރިޔާއަތްކޮށް ސަރުކާރުން އަންނަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމާ އިއުލާންކޮށްފައިވެއެވެ.