ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގެން ވެރިކަންކުރައްވާ ވެރިއެއް ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އަވަށްޓެރި ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އިއްޔެ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޔާމީން ވަނީ ރައްޔިތުންގެ ބާރު ރަނގަޅަށް ދެނެގަތުމަށް އުލަތުގެ ތަންފީޒީ އިދާރާތަށް ގޮވާލައްވައިފައެވެ.
އެމަނިކުފާނުގެ ވަނީ ރާއްޖޭގެ ހާލަތަކީ އުފެދި ބޮޑުވަމުން އަންނަ ހާލަތެއް ކަމަށް ވިދާޅުވެ ދައުލަތުގެ ތަންފީޒީ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުވެ ބަލަން ތިބެން ޖެހޭ ކަމަށެވެ. އަދި ބޯހަރުކޮށް އިސްކޮށްފިނަމަ ހާލަތު ރަނގަޅު ނުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޓްވީޓްގައި ރަނގަޅު ގޮތް އިހުތިޔާރު ނުކޮށްފިނަމަ ނިކުންނާނެ ނަތީޖާއަކީ ނިކަމެތިވުން ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ބައެއް ބޭފުޅުންނަށް ހީވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަޕުޅު ލައްޕަވާ އެދަށް އަރައި ސެލްފީ ނެގުމަކީ ރައްޔިތުންގެ ބާރުކަމަށެވެ. ރައީސް ޞާލިހަކީ ޤައުމުގެ މަސްލަހަތު ހިފަހައްޓަވައި ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ވެރިކަން ކުރައްވާ ލާމަސީލު ވެރިއެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ބައެއް ބޭފުޅުންނަށް ހީވާ ކަހަލަ މުލިއާގެއަށް ވަދެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަފުޅު ލައްޕަވާ އެދަށް އަރާ ސެލްފީ ނެގުމަކީ އެއީ ރައްޔިތުންގެ ބާރަކީ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގެން ވެރިކަން ކުރައްވާ ހިކުމަތްތެރި ރައީސެއް.
– ޝަރީފް ވިދާޅުވިއެވެ.
ބަނގުރޫޓުވެފައިވާ ސްރީލަންކާގައި އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލާ ކުރިޔަށް ގެންދިޔަ މުޒާހަރާގައި އެއްވި މީހުންވަނީ ރައީސްގެ ރިޔާސީ ގަނޑުވަރާއި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުވެސް އާންމުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެއްވި މީހުންވަނީ ގެއަށްވަދެ ރައީސް ނިދާ އެދުގައި ސެލްފީ ނެގުމާއި، ސުވިމިމްޕޫލްގައި ފަތާ ސަކަރާތް ޖަހާފައެވެ.
މިހާކަތާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ މިދުވަސް ރާއްޖެއިން އިންވެސް ފެނުނަކީ ދުރުކަމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ލަންކާގެ ހާލަތަށް ރާއްޖެ ދިއުމުގެ ފުރުސަތެއް ނެތްކަމަށް ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ