އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެހުވަފެންތައް ފެނަށްވެއްޖެ: ޔާމީން

އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެހުވަފެންތައް ފެނަށްވެއްޖެ: ޔާމީން

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2022 04:44
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވެފައިވާ ވައުދުތަކުގައި ކުލަ ޖެހުމުގެ ކުރިން އެހުވަފެންތަަށް ފެނަށް ވެއްޖެ ކަމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ރިޢާޔަތް ކުރައްވައި ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގައި ޤާނޫނު ތަންފީޒު ކުރެއްވުމަށް ހަވާލުވެ ތިއްބެވި ފަރާތްތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީ ބަލަންޖެހޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ބޯހަރުކަންދޫކޮށް ރައްޔިތުންނަށް ފައިދާހުރި ސިޔާސަތަކަށް ރުޖޫއަވާންޖެހޭކަމަށެވެ. އަދި ބޯހަރުކަމުގެ ސިޔާސަތު ދޫކޮށްފިނަމަ ނިކުންނާނެ ނަތީޖާއަކީ މުޅި ހުރިހާ ރައްޔިތުން ނިކަމެތިވެ ފަގީރުވުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތައްވެ ވަރަށް ގިނަ ކުލަހުފެން ދައްކައިގެން ކަމަށެވެ. ނަމަވެސް އެހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެކަންކަމަށް ފެނަށްވެ ގޮސްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޓުވީޓުގައި ވިދާޅުވި ގިނަ ވާހަތަކަކީ އަވަށްޓެރި ލަންކާގެ މިހާރުގެ ހާލަތަށް ރިޢާޔަތް ކުރައްވައި ހިއްސާ ކުރެއްވި ވާހަތަކެއްކަަށް ބެލެވެއެވެ. ލަންކާގެ މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުން ގެންގުޅުނު ބޯހަރު ސިޔާސަތުތަކާއި ރައްޔިތުން ދެކޮޅު ހަދައި މަގުތަކަށް ނިކުމެ ކުރި މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ އެޤައުމުގެ ރައީސާއި، ބޮޑުވަޒީރު މަޤާމުން އިސްތިއުފާ ދެއްވަން އެއްބަސްވުމުވެ.

ސްރީލަންކާގެ އިޤުތިޞާދީ ހާލަތު ގޯސްވެ، ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމާއި، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ބުރޫއަރަން ފެށުމުން މިދިޔަ މަހުގެ ތެރޭގައި ވެސް ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ. ލަންކާގައި މިހާރު އޮތް ހާލަތު ބަދަލު ކުރުމަށް ވެރިޔަކު އިންތިޚާބު ކުރުން މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.