ކޮންމެ އަހަރެއްގެވެސް ބޮޑު އީދުގައި ކުޅުދުއްފުށީ މަށި މާލި ޕެރޭޑަކީ ގިނަބައެއްގެ ސަމާލުކަން ލިބޭ ޕެރޭޑެކެވެ.
އެ ޕެރޭޑްގައި މިހާރުގެ ސިޔާސީ ހާލަތާއި ގުޅޭ އެކި ކަންކަން ދައްކުވައިދީފައި ވެއެވެ. އަދި މީސް މީޑިއާގައި އެންމެ ހިނގި ކަންތައްތަކާއި ސަރުކާރުގެ ތެރެއިން ދިމާވެފައި ހުރި ކަންތައްތަކާއި ގުޅޭގޮތުން އެކި އެއްޗެހި ތައްޔާރުކޮށްފައި ވެއެވެ. މިކަން ކުރުމުގައި އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ގިނަ ބައެއްގެ ޝައުގުވެރިކަން އަންނަ ގޮތަކަށް މިކަން ކުރުމަކީ ކުޅުދުއްފުށިގެން ފެނިގެންދާ މަންޒަރެކެވެ.

މިފަހަރުގެ ޕެރޭޑުގައި އާއްމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު މިދުވަސްކޮޅު އެންމެ ބޮޑަށް އާންމުންގެ ތެރޭގައި ދެކެވޭ އެއްވާހަކަ ކަމުގައިވާ އެއްޖިއްސުން ގުޅުން ހިއްގުމާއި ގުޅިގެން ތައްޔާރުކުރި މަށި މާއްޔަށެވެ. "އެކޮޓަރި ކޮޅު" ބިޒްނަސް މީޓިން ރޫމްގެ ނަން ލިޔެ ތައްޔާރު ކޮށްފައިވާ އެއްޗަށް ދެމީހަކު އަރުވައިގެންދާ މަންޒަރު އެ ޕެރޭޑްގައި ފެނިގެން ގޮސްފައި ވެއެވެ.
މީގެ އިތުރުން ޕެރޭޑުގެ ތެރެއިން އެރަށަށް ސަރުކާރުން ވެފައިވާ ވައުދުތަކަގެ ތެރެއިން ނުފުއްދި ހުރި ވައުދުތައް ހަނދާން އާވާނެ ގޮތަކަށް ވަނީ ގެނެސްދީފައެވެ. އެގޮތުން ވިހެއުމުން ލިބޭ ހަދިޔާ ފޮށީގެ ވާހަތަކާއި، ކުޅުދުއްފުށީ އައިސް ޕްލާންޓުގެ ވާހަކައާއި، އެރަށު އެއާޕޯޓްގެ އަނދިރި ތާރުގަނޑުގެ ވާހަކަވެސް ހިމެނޭގޮތަށް މާލި ޕެރޭޑްގައި ތަކެތި ވަނީ ތައްޔާރުކޮށްފައެވެ.

މަށިމާލި ޕެރޭޑަކީ، އެއިރެއްގައި، މުޖުތަމަޢުގެ ތެރޭގައި އެންމެ ދެކެވޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކެރެކްޓާތަކެއް ފެންނަ ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ