ފައިރޫޝް، ނަޝީދަށް: ލަންކާއަށް ގޮތްކިޔާދޭން ނަހައްދަވާ، ރާއްޖޭގެ ހާލަތު ރަނގަޅުކުރެވޭތޯ ބައްލަވާ

ފައިރޫޝް، ނަޝީދަށް: ލަންކާއަށް ގޮތްކިޔާދޭން ނަހައްދަވާ، ރާއްޖޭގެ ހާލަތު ރަނގަޅުކުރެވޭތޯ ބައްލަވާ

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2022 02:03
0

އަވަށްޓެރި ސްރީ ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު އެޤައުމުގެ އެކި ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ގޮތް ކިޔަމުންދާތީ ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ފައިރޫޝް ފާޑުވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީ ލަންކާ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް ހަރުދަނާ ތަޖުރިބާހުރި ވެރިއެއް އެގައުމަށް ބޭނުންވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ލަންކާގެ ހާލަތު ބޮއްސުންލައި އިއްޔެ މުޅި ލަންކާގައި ކުރި ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން ބޮޑުވަޒީރާއި ރައީސްވެސް އިސްތިއުފާ ދެއްވުމަށް ވަނީ ނިންމަވާފައެވެ.

މިދެބޭފުޅުން އިސްތިއުފާ ދެއްވުމަށް ނިންމެވުމުގެ ކުރިން ނަޝީދު އަމިއްލައަށް އެދިވަޑައިގެން ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަންވެސް މާއެދެވޭ ގޮތަކަށް ނަޝީދަށް ކުރިއަށް ގެންދެވިފައި ނުވެއެވެ.

ރައީސް ނަޝީދުގެ ވާހަތަކާއި ގުޅިގެން، ނަޝީދުގެ ނަން ނުގެނެސް ފައިރޫޝް ވިދާޅުވީ ލަންކާގެ ހާލަތުން އަރައި ގަތުމަށް ކުރަންޖެހޭ މަސައްކަތް އެޤައުމުން ކުރާނެކަމަށެވެ. އަދި އެޤައުމު ހަމަހަމަށް އެޅުވޭ ވަރުގެ ބޭފުޅުން އެޤައުމުގައި އެބަތިބިކަމަށެވެ. އެހެން ޤައުމުތަކަށް ގޮތް ކިޔައި ދިނުމަށްވުރެ މިވަގުތަކީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ސްރީލަންކާގެ ކަންކަން އެނގޭ އެގައުމުގެ މީހުން ބައިވަރެވެ. އެގައުމަށް ގޮތް ކިޔާދޭން ނަހަދާދިވެހިރާއްޖެ ފާލުން ނުނެއްޓޭނެހެން ހެދުމުގައި އިޚްލާޞްތެރިވާށެވެ. ދިވެހިންގެ ރާއްޖެވެސް އޮތީ ސަހަލު ފައްތަރެއްގައެއް ނޫނެވެ.

– ފައިރޫޝް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މިއީ ލަންކާއަށް ވަރަށް ގޮންޖެހުން ބޮޑު ވަގުތެއްކަމަށެވެ. މިވަގުތު ލަންކާއަށް އެންމެ ބޭނުންތެރިވަނީ ހަރުގަދާ ތަޖުރިބާ ހުރި ޤާބިލް ވެރިޔަކު ކަމަށެވެ. އެފަދަ ވެރިޔަކު ލަންކާއާއި ހަވާލުވެއްޖެނަމަ މިދަތި އުދަގުލުން ސަލާމަތްވުމަށް މަގުފަހި ވެގެންދާނެކަމަށެވެ. އަދި ލަންކާ ރައްޔިތުން އެޤައުމުގެ ހާލަތު ރަނގަޅު ކުރުމަށް އުންމީދު ކުރިމަގެއް ހޯދާނެކަމަށް އުންމީދު ކުރާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓަރަކަށްވާއިރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ވެރިކަމުން އިސްތިއުފާ ދެއްވަން ނިންމުމާއި ހަމައަށްވެސް ނަޝީދަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝެރޯނާ
އޭޝިޔާ ފިރޯނާ
އައނި އަކ ބޮްޑުގޮހޮޑާ.
މ މޮހޯ
ވަކިއަތަކަށް ޖެހިފަ އޮތްކަމަށް ބެކެވެނީ
ނ ނަޖީ
ލަންކާގެ ކަންތަތަކައް ފާޑުކިޔަންއަންނި މީދެންކާކު ލަންކާގެ ކަންތެތި އިންތިޒާމު ކުރަން ލަންކާމީހުންތިބޭނެ މިއަންނިޔަކާ ކޮންބެހޭކަމެ ދެލުބޭރުންޖެހެނީ
މ މާކަމާ
އަންނި އަކީ އޭޝިއާ ޖިންނި
ޞ ޞެއްޔާ
ބަރާބަރު ވާހަކައެއް
ގ ގޭސް
ފަކު ނުވެބަލަ. ފަކު
ނ ނަޖީ
ލަންކާގެ ކަންތަތަކައް ފާޑުކިޔަންއަންނި މީދެންކާކު ލަންކާގެ ކަންތެތި އިންތިޒާމު ކުރަން ލަންކާމީހުންތިބޭނެ މިއަންނިޔަކާ ކޮންބެހޭކަމެ ދެލުބޭރުންޖެހެނީ
ޥ ޥ
ވީއިރުެެހެންމީހުނަންވެްސް ތިގޮތް އޮންނާނެނު ދުލުަގަކަށިނުހންނަނީކަލޭމެންެެކަންޏެންނޫނެހެންމީހުންގވެސް ދުލުގާ ކަނޓެންނެތޭ
އ އަހުމަދު
ނަޝީދު ބުނަން ޖެހޭ އެއްޗިއްސާ ބުނަން ނުޖެހޭނެ އެއްޗެއް އޭނގޭނީ ފައިރޫޝްއަކަށް ނޫން. ފެންވަރު އޮޅިގެންނޫޅޭ!
މ މ
ވަލުޖިންނި ނުޖެހޭނެ މިގައުމުގަ ހުރެގެން ނުޖެހޭނެ އެގައުގެ ކަންކަމަށް އަނގަބާނާކަށް
ގ ގިރި
އަހަންމަދާ ފައިރޫޝް އަށް ބަސް ބުނަން ކަލޭތީ ކާކުތަ. ވެރިކަން ބޭނުންވެފަ ހުއްޓަަސް ތީބޮޑުވަރު. ލަންކާގެ އިސްތިއުފާދިން ވެރިންނަށް ޖެހުނު ހާލަށްވުރެ ތިޔަ ްަްަްަްަްަްަްަްަްަްަްަް އަންނިއަށް ޖެހޭ ހާލު މާބޮޑުވާނެ. އަމިއްލަ ގައުމު ހިންގަން ނޭނގުނު ބީތާއަކަށް ލަންކާ ހިންގަން އެނގޭނެބާ. ގޮތްކިޔަން އަންނި އެދެން ކާކު. ދުނިޔެއަށްވުރެ އޭތީގެ އަނގަ ބޮޑު. ތި އަންނިއަކީ މިހާރު ދެކުނު އޭސިޔާއަށް ޖެހިފަހުރި ބޮޑު ވަބާއެއް.
ޥ ޥ
ތިޔައީ ވަރަށް ރަގަޅު ވާހަކަޔެއް
ގ ގުއިއްޒު
ބަޣާވާތެއް ކުރާނެ ގޮތް ނަޝީދަށް ކިޔައިދެއްވާ. އޭރުން ހުރިހާ ކަމެއް ހަމަޖެހިދާނެ. އެކަމުގެ ތަޖުރިބާ ހުރި މީހަކަށްތާ ކިޔައިފެވޭނީ!