އެއާޕޯޓެއް ނިންމޭވަރަށްވުރެ ބޮޑުއަގުގައި، އަމީނީ މަގުގައި ތާރުއަޅަނީ ކޮރަޕްޝަން މެކުހަށް ޖެހުމަށް: ބޮންޑޭ

އެއާޕޯޓެއް ނިންމޭވަރަށްވުރެ ބޮޑުއަގުގައި، އަމީނީ މަގުގައި ތާރުއަޅަނީ ކޮރަޕްޝަން މެކުހަށް ޖެހުމަށް: ބޮންޑޭ

ރާއްޖޭގެ އެތެރޭގެ އެއާޕޯޓެއް ނިންމީ އަގަށްވުރެ ބޮޑު އަގުގައި، މާލޭގެ އަމީނީ މަގުގައި ތާރު އެޅުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކި ކޮރަޕްޝަން މެކުހަށް ޖެހުމަށް ކުރި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީއިން ވަނީ އަމީނީ މަގު ހެދުމުގެ މަސައްކަތް 84 މިލިއަން ރުފިޔާއަށް އާރްޑީސީއަށް ހަވާލުކޮށްފައެވެ. އެއީ ކައުންސިލުން އާރްޑީސީއަށް އެ މަސައްކަތް ދިނުމަށް އެއްބަސްވި އަދަދަށްވުރެ ދެގުނައަށްވުރެ ވެސް ބޮޑު އަދަދެއް ކަން މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އާރުޑީސީން އަމީނީ މަހުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 39 މިލިއަނަށް ރުފިޔާއަށް ހެދުމަށެވެ.

މިހާ ބޮޑު އަދަދަކުން މަގު ހެދުމުގެ މަސައްކަތަށް ހިނގާ ޚަރަދު އިތުރު ކުރުމަކީ ގިނަބައެއްގެ ކަންބޮޑުުވުން އޮތް މައްސަލައެވެ. މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ބޭފުޅުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ބޮންޑޭ ވިދާޅުވީ މާލޭގެ އަމީނީ މަގު ހެދުމަށް އެތައް މިލިޔަނެއް ބޮޑުކޮށް ނިންމާފައިވާ ނިންމުމަކީ ކޮރަޕްޝަން ނޫން އެހެން އެއްޗެއްކަމަށް ދެންނެވެން ނެތްކަމަށެވެ.

އަތޮޅު ތެރޭގެ ޑޮމެސްޓިކް އެއާޕޯޓެއްގެ މަސައްކަތްވެސް މިހާރު އަމީނީ މަގު ހަދަން ކަނޑައަޅާފައިވާ އަގަށްވުރެ މާހެޔޮ އަގުގައި ހެދޭނެކަމަށް އޭނާ ވިދާޅިވިއެވެ.

ޑޮމެސްޓިކް އެއަޕޯޓެއްގެ ރަންވޭގައި މާ ފުޅާކޮށް އެތަކެއް ފަށަލައެއްގެ ތާރު އަޅާ ޓާމިނަލް ހުރިހާ މަސައްކަތެއް ނިންމާލެވޭ އަގަށްވުރެ ބޮޑު އަގެއް މާލޭ އަމީނީމަގުގައި ތާރު އަޅަން ރައްޔިތުންގެ މާލިއްޔަތުން ހޭދަކުރީމަކީ ކަރަޕްޝަން މެކުހައްޖެހުން.

– ބޮންޑޭ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން 84 މިލިއަނަށް އަމީނީ މަހު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނ (އާރުޑީސީ)އާ ހަވާލުކުރި މައްސަަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުންވެސް ވަނީ ނިންމާފައެވެ. މިމައްސަލާގައި ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ މާލޭ މަގުހެދުމުގެ މަޝްރޫޢު މާލެ ސިޓީ ކައުންސިލު އަތުންނެގީ، މަގުތަށް ތަރައްޤީކުރުމުގެ ވިސްނުން އެ ކައުންސިލުގައި ނެތުމުންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *